ޤައުމާއި ޕާޓީގެ މަސްލަހަތަށްޓަކައި އެންމެން ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަކީ ޤައުމީ ޒިންމާއެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅީ އިލެކްޝަން ކޮމިޝަނުގެ ދަފުތަރުގައި ތިބި އެމްޑީޕީގެ މެންބަރުން ކަމަށެވެ.
އެހެންކަމުން ޤައުމާއި ޕާޓީގެ މަސްލަހަތާއި ލާބަޔަށްޓަކައި އެންމެން ގުޅިގެން ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަކީ ޤައުމީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ޞާލިޙް ކާމިޔާބު ހޯއްދެވީ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައެވެ. އެމަނިކުފާނު އިންތިޚާބު ކުރެއްވީ ވޯޓުދިން މީހުންގެ %61 އިންނެވެ. ނަމަވެސް ނަޝީދު ގަބޫލުކުރައްވާ ގޮތުން އިންތިޚާބުން މޮޅުވީ ގަޑުބަޑު ހަދައިގެންނެވެ.
ނަޝީދު ވަނީ ރައީސް ޞާލިޙާއެކު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙާއެކު ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށެވެ. އެ ގޮތުން ނަޝީދު މިހާރު ގެންދަވަނީ ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
Vara reechcha eynaya riyaasee inthihaabuge kaamiyaabukoh dheyna mithibee nikume dhimaa dhekolha
އެޔޮށް ކޮއްދިނީ.. ހެހެ