ހެޔޮ މަގަށް ރުޖޫޢަވެވަޑައިގަންނަވަންވީ ވަގުތު ނުޖެހޭތޯ ހޯމް މިނިސްޓަރު އިމްރާން އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ރައީސް މުޙައްމަދު ނަޝީދާ ސުވާލު ކުރައްވައިފިއެވެ.
އިމްރާން މި ސުވާލު ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނަޝީދުގެ ނަން ނުގެންނެވިއެއް ކަމަކު އެއީ ހަމަ ސީދާ އެމަނިކުފާނަށް އަމާޒު ކުރައްވައި ކުރެއްވި ޓުވީޓެއްކަމަށް ބެލެވެއެވެ. ޢާންމު ގޮތެއްގައި ސިޔާަސީ ބޭފުޅުންނަށް ރައްދު ދެއްވައި އިމްރާން ޓުވީޓު ކުރައްވާއިރު އެ ބޭފުޅެއްގެ ނަމެއް ނުގެންނަވައެވެ.
އިމްރާންގެ ޓުވީޓުގައި ވަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅު ފިކުރުތައް ދިރުވަން މި ރާއްޖޭގައި ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަން އެނގިވަޑައިނުގަންނަވަނީތޯ ސުވާލުކުރައްވައިފައެވެ.
”އިސްލާހުވެ ހެޔޮ ގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ.“ އޭނާ ސުވާލު ކުރެއްވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ”ފިކުރެއްގެ ދިރުން“ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމަށް ގަވާއިދު ތަންދޭ ކަމަށާއި އެކަމެއް ނުހުއްޓުވޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު މިހާރު އަމާޒު ހިފާފައިވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮތްޕެއް ހެއްދެވުމަށެވެ.
”އަޅުގަނޑު ހުށަހަޅަނީ ޕާޓީގެ ފިކުރެއްގެ ދިރުމުގެ ގޮތްޕަށް 50,000 މީހުން ވަންނަން.“
ނަޝީދާއި އެމަނިކުފާނުގެ ޓީމުން މިހާރު އަންނަނީ އެ މަސައްކަތް ކުރައްވަމުންނެވެ.
Party therey ge masala ah imran aa iyaz aga bey nun regalhe noon
Imraan ey kaaku anni ah gohkiyaadhen