ދެ ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަދު އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ ގދ.ފިޔޯރީއާއި މަޑަވެލީގައި އައިސްޕްލާންޓް ގާއިމު ކުރުމަށް ކަމަށެވެ.
އެ ދެ ރަށުގައި ގާއިމުކުރަން ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ.
ފެނަކައިން ބުނީ އެ ދެ އައިސް ޕްލާންޓް ގާއިމުކުރަން ހަމަޖެހިފައިވަނީ 50 ޓަނުގެ ސްޓޯރޭޖް އާއެކު ކަމަށެވެ.
ފެނަކައާ މި މަސައްކަތް ހަވާލުކުރީ ކިހާ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.