ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލު ހިމެނިވަޑައިގަންނަވާހެން ހަތަރު ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު ހާމަކޮށްފައެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލާއި، ހަނދުވަރީނާޒް/ގދ.ގައްދޫ މުޙައްމަދު ޝަނީޒާއި، ހުޅުމާލެ، ދޮޅަސް، މާލެ ޙުސައިން ޝަކީބާއި، ބެލޫން/ސ.ފޭދޫ މަރްޔަމް ވަޙީދު ކަމަށެވެ.
ހައިކޯޓު އެކުލެވިގެންވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އެ ކޯޓުން މައްސަލަތައް ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުންނެވެ.