ވ.ތިނަދޫގައި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ތިނަދޫގައި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކުރާ މި މިސްކިތަކީ 185 މީހުންގެ ޖާގައިގެ މިސްކިތެކެވރ. އަދި މިސްކިތުގެ ޢަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަންސާހަކަށް މީހުން ދިރިއުޅޭ ތިނަދޫގައި 200 ވަރަކަށް އަހަރުވީ މިސްކިތެއް ކުރިން ހުއްޓެވެ. ހަމައެހެންމެ މިފަދަ ގިނަ ދުވަސްވީ ތަނެއް ކަމުގައިވާ ”މަގާމްފުޅު“ ކިޔާ ޒިޔާރަތެއް މިހާރު ވެސް އެ ރަށުގައި ހުރެއެވެ.