އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މުޙައްމަދު ނިޒާމް ޙަސަން މަޤާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ނިޒާމް ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އިންތިޚާބު ސިފަވަނީ 20 އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިޚާބަށް ވުރެ މާ ބޮޑަށް ވެސް މަކަރާއި ހީލަތުން ފުރިގެން ވާ އިންތިޚާބެއްގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި އޭނާގެ އަމިއްލަ ނަފްސާއި ދަރިންގެ މުސްތަގުބަލު ތާށިކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީ މިއަދުން ފެށިގެން ޕާޓީގެ ފުވައްމުލައް ސިޓީގެ ރައީސްގެ މަޤާމުންނާއި ޕާޓީގެ މެންބަރުކަމުން ވަކިވާން ނިންމި ވާހަކަ ދަންނަވާ ކަމަށެވެ.
ނިޒާމް ވަނީ ޕާޓީން ވަކިވެވަޑައިގަތުމަށް މިއަދު އިލެކްޝަން ކޮމިޝަނަށް ފޯމު ވެސް ހުށަހަޅުއްވައިފައެވެ.
Varah baraabaru