ކަމެއްގައި ފެއިލްވުމަކީ އެކަމެއްގެ ނިމުމެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމެއްގައި ފެއިލްވުމަކީ އެކަމެއްގެ ނިމުމެއްނޫން ކަމަށާއި, އެހެންކަމަށްވާނަމަ އަހަރުމެންނަށް މި ތިބެވޭ ހިސާބަށް ވެސް ވާސިލު ނުވެވުނީސް ކަމަށެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ ކާމިޔާބަށް ވާސިލުވުމަށްޓަކައި ހިތްވަރާއި ޢަޒުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭނެ ކަމަށެވެ.
އަދި އެ މީހާގެ ވެރި ރައްބަށް އިތުބާރުކުރާ މީހަކަށް ދެރަ ނިމުމެއް ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.