ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ގާޒީ ފައްޔާޒް ޝާތިރާ ގުޅިގެން ބަލަން ނިންމާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ޙުކުމް ނުކޮށް 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.
ޖޭއެސްސީން ބުނީ ކޮމިޝަނަށް ހުށަހަޅާފައިވާ އެ ޝަކުވާއަކީ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ މި މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ގޮތުން އެ ޝަކުވާ ތަޙްޤީޤު ކުރުމަށް ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.