ސަރުކާރުން ޕާކިސްތާނުގެ އާންމު ރައްޔިތުންނާއި މުސާރަވެރިން ފުނޑުފުނޑުކޮށްލައިފިކަމަށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ޢިމްރާން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ ޚިޔާނާތްތެރި އަދި ގާބިލުކަމެއް ނެތް ސަރުކާރުން ގައުމުގެ އިގުތިސާދު ހަލާކުކޮށް މުސާރަ ލިބޭ މީހުންނާއި ފަގީރުން ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ރުފިޔާގެ އަގު އުޅެނީ ޑޮލަރަކަށް 262 ރުފިޔާ 60 ލާރިއަށް ކަމަށާއި 200 ބިލިއަން މިނީ ބަޖެޓުގެ ސަބަބުން ކަރަންޓާއި ގޭހުގެ އަގު ބޮޑުވެ 35 ޕަސެންޓް އިންފްލޭޝަން އަންނާނެ އެވެ.
ޕާކިސްތާނުގެ އިގުތިސާދަށް މިދުވަސްކޮޅު ވަނީ ވަރަށް ބޮޑު ލޮޅުމެއް އަރާފައެވެ. މުދަލުގެ އަގު ބޮޑުވެ، ބޭރު ފައިސާ މަދުވެ، ދަރަނި ބޮޑުވުމުގެ ސަބަބުން އެކުވެރި މުއްސަނދި ގައުމުތަކުންނާއި ބައިނަލް އަގުވާމީ މާލީ ދާއިރާތަކުން ދަރަންޏަށް ފައިސާ ހޯދުމުގެ މަސައްކަތް ޕާކިސްތާނުން ދަނީ ކުރަމުންނެވެ.