ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި އެތައްބަޔަކު މަރުވެއްޖެ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 30, 2023
ދުނިޔެ
0
ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި އެތައްބަޔަކު މަރުވެއްޖެ

ޔޫކްރެއިނުގެ އިރުމަތީގައިވާ ލުހާންސްކްގައި ހުންނަ ހޮސްޕިޓަލަކަށް ދިން ރޮކެޓް ހަމަލާތަކެއްގައި 14 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.

ލުހާންސްކްއަކީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސްގެ ރަށެކެވެ. މި ހަމަލާތަކުގައި 24 މީހަކު ޒަޚަމުވި ކަމުގައި ވެސް ރަޝިޔާއިން ދިފާޢީ ވުޒާރާއިން ބުނެއެވެ.

ލުހާންސްކްގެ ނޮވޮވައިދާރް ކިޔާ ރަށެއްގައި ހުންނަ ހޮސްޕިޓަލަށް ހަމަލާދީފައި ވަނީ ޔޫކްރެއިނުގެ ސިފައިން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. އަދި، މި ހަމަލާތަކުގައި ބޭނުންކޮށްފައި ވަނީ ”ހައިމާސް“ މަރުކާގެ ރޮކެޓްތައް ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ. ހައިމާސް ރޮކެޓް ސިސްޓަމަކީ އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރެކެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ބަލިމީހުންނާއި އެ ތަނުގެ މުވައްޒަފުން ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އެ ހޮސްޕިޓަލަކީ، ލުހާންސްކްގެ ގިނަ ޢަދަދެއްގެ ޢާންމުންނާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ ސިފައިން ފަރުވާ ހޯދަމުންދިޔަ ހޮސްޕިޓަލެކެވެ. މިއީ، ގަސްދުގައި ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް ރަޝިޔާއިން ތުހުމަތުކުރެއެވެ.

ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ހަނގުރާމަ ފަށާފައި ވަނީ 2022 ފެބްރުވަރީ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް 11 މަސް ފުރިފައިވާއިރު، ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ބެލްގޮރޮޑަށް ވެސް ޔޫކްރެއިނުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމުގައި ރަޝިޔާއިން ބުނެއެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ބެލްގޮރޮޑަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ޢާންމުންގެ 25 މީހުން މަރުވެފައިވާ ކަމަށާއި، އިތުރު 96 މީހަކު ޒަޚަމުވެފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، ޢާންމުން ދިރިއުޅޭ ގިނަ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ.

ބެލްގޮރޮޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްފޮކް ވިދާޅުވީ، ޔޫކްރެއިނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 6,500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމުގައެވެ. ޔޫކްރެއިނުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ހަމަލާދެމުންދާ ކަމަށް ރަޝިޔާއިން ތުހުމަތު ކުރި ނަމަވެސް، ޔޫކްރެއިނުން އެ ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ރަޝިޔާއިން ވެސް ދާދިފަހުން ވަނީ ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ހަމަލާތައް ވަރުގަދަކޮށްފައިވާ އެއް ސަބަބަކީ، އެންމެ ޒަމާނީ ހަނގުރާމަމަތީ ޓޭންކުތައް ޔޫކްރެއިނަށް ފޯރުކޮށްދޭން އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން ނިންމައި، އެ ކަން އިޢުލާނު ކުރުމެވެ.

ނޭޓޯގެ ޤައުމުތަކުން 321 ޓޭންކު ޔޫކްރެއިނަށް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމެރިކާއިން އުފައްދާ ”އެބްރާމްސް“ މަރުކާގެ ޓޭންކާއި، އިނގިރޭސިވިލާތުން އުފައްދާ ”ޗެލެންޖަރ 2“ މަރުކާގެ ޓޭންކުގެ އިތުރުން ޖަރުމަނުވިލާތުން އުފައްދާ ”ލެޕަޑް 2“ މަރުކާގެ ޓޭންކު ހިމެނެއެވެ. މީގެ އިތުރުން، ސިފައިން އުފުލާ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ޔޫކްރެއިނަށް ފޯރުކޮށްދޭން ވެސް ނޭޓޯގެ ޤައުމުތަކުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެއްޖެ

ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެއްޖެ

މާރޗް 29, 2023
ސްކޫލަކަށް ޙަމަލާދީ ތިން ކުޑަކުދިންނާއި އިތުރު ތިން މީހުން މަރާލައިފި

ސްކޫލަކަށް ޙަމަލާދީ ތިން ކުޑަކުދިންނާއި އިތުރު ތިން މީހުން މަރާލައިފި

މާރޗް 29, 2023
ފާޑުކިޔުމުން އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

ފާޑުކިޔުމުން އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

މާރޗް 28, 2023
އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއްގެ ޓެސްޓު ހަދައިފި

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއްގެ ޓެސްޓު ހަދައިފި

މާރޗް 28, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In