ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި އޮލިމްޕަސް އަންނަ މަހުގައި ހުޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.
އޮލިމްޕަސް ހުޅުވަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ 04 ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން މަޢުލޫމާތުދޭ ގޮތުން އޮލިމްޕަސް ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
އޮލިމްޕަސް އަލުން ހުޅުވަން ނިންމާފައިވަނީ އެ ތަން ނުހުޅުވާ ގިނަ ދުވަސްވެފައިވާތީ ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އޮލިމްޕަސް އަލުން ހުޅުވަން ނިންމާފައިވާއިރު އެ ތަން މަރާމާތުކޮށް ބައެއް ކަހަލަ ބަދަލުތައް ވަނީ ގެނެސްފައެވެ.