ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ.ރަސްދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މިއަދު ޚިދުމަތް ދޭން ފެށި ރަސްދޫ ބްރާންޗުގެ އާ އިމާރާތުގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ބީއެމްއެލްއިން މި ވަގުތު އަންނަނީ އއ.ތޮއްޑުއާއި، އުކުޅަހާއި، މަތިވެރީގައި ވެސް ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތަކުގެ ޚިދުމަތްދެމުންނެވެ.
ބީއެމްއެލްއިން އަންނަނީ 20 އަތޮޅުގައި ޖުމްލަ 35 ބްރާންޗް އަދި 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 142 އޭޓީއެމްއާއި, 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ޚިދުމަތްދެމުންނެވެ.