ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ފަނަރަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޖެނުއަރީ 29, 2023
ވާހަކަ
1
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ފަނަރަވަނަ ބައި

ކްއީން ސައިޒް އެނދުގައި ހަމަ ޖެހިލައިގެން ނިދާފައި އޮތް އައިންތުއަށް މުސްކާން ބަލައިލީ ލޯބިވެތި ގޮތަކަށެވެ. އެއީ ހިތްހެޔޮ އޯގާތެރި އެހީތެރި އަންހެނެކެވެ.

މަޑުމަޑުން އެނދުގެ މަގަތުގައި އިށީނދެ އަދިވެސް އެއްފަހަރު އައިންތުއަށް ބަލައިލިއެވެ. ދެން މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. ހަމަ އެހާ މަޑުމަޑުން ގޮސް އައިސްއަލަމާރީގެ ދޮރުފަތް ހުޅުވައިލި ވަގުތު އެހެން ކޮޓަރިއެއް ހުޅުވައިލި އަޑު މުސްކާންއަށް އިވުނެވެ.

މުސްކާންއަށް ފަހަށް ބަލައިލެވުނީ ތެޅިގެންފައެވެ. އޭރު ހައިދަރު ވެސް ކޮޓަރިން ބޭރަށް ނިކުމެ މަޑު މަޑުން ކޮޓަރީގެ ދޮރުފަތް ކައިރިކޮށްލަނީއެވެ. ހައިދަރު ފެނުމުން މުސްކާންއަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އިޙުސާސްވިއެވެ. އެކަމަކުވެސް މޫނުމައްޗަށް ހިނިތުންވުން ވެރިކުރަމުން އަލަމާރިން ނެގި ފެންފުޅިން ތައްޓަކަށް ފެން އަޅަން ފަށައިފިއެވެ.

ހައިދަރު އައިސް ހުއްޓުނީ މުސްކާންގެ ފުރަގަހަށެވެ. މުސްކާން ކިރިޔާ ހަރަކާތެއް ކޮށްލިޔަސް ހައިދަރުގެ ގައިގާ ޖެހޭހާ ކައިރީގައެވެ. އެކަން މުސްކާންއަށް އިޙުސާސް ވެސް ވިއެވެ. އެހެންވެ މުސްކާން ހުރީ ހިރިލަން ވެސް ނުކެރިއެވެ.

”ލިބިދާނެތަ!“ ވަކި ކަމެއް ނުވަތަ އެއްޗެއް ހައިދަރު ނުބުނީ ގަސްދުގައެވެ.

އެ ސުވާލު ކުރަންވެސް މުސްކާން އުޅުނެވެ. އެހެންނަމަވެސް ނޭނގޭކަމަށް ހަދާލާފަ އިތުރުތައްޓެއް ނަގައި ތަށީގެ މެދަކާ ހަމައަށް ފެން އަޅާލާފަ ހުރި ގޮތަށް ހުރެ މުސްކާންގެ ކޮނޑުމަތިން ފެންތަށި ފަހަތަށް ދިއްކޮށްލިއެވެ. އެ ވަރުން ވެސް މުސްކާންގެ ހަށިގަނޑުގެ އެއްފަރާތް ހައިދަރުގެ މޭމަތީގައި ޖެހެއެވެ. މުސްކާން ގަސްދުކުރީ ހައިދަރު އެ ތަށި އަތުލުމުން ކޮންމެވެސް ގޮތަކުން ދުރަށް ޖެހިލާށެވެ.

”މިއެއް ނޫނޭ!“ ހައިދަރު ހިފީ މުސްކާން ފެންތަށީގައި ހިފަހައްޓައިގެން ހުރިއަތުގެ އިނގިލިތަކާ އެކު ފެންތަށީގައެވެ. މުސްކާންއަށް ހީވީ ގައިގާ އެއްޗެއް ކަށިޖެހީހެންނެވެ. ތެޅިގެންފައި ދުރަށް ޖެހިލަން އުޅުނު މުސްކާންގެ މެދުހަށީގައި އަނެއް އަތުން ހައިދަރު ހިފެހެއްޓިއެވެ.

”މުސްކާން، އަހަރެން ކިހިނެއް ހެދީމަތަ މުސްކާންއަށް އަހަރެން އެދޭގޮތް އެނގޭނީ! އަހަރެން ހާދަ ކެތްކޮށްފީމޭ!“

ހައިދަރުގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

”ކޮންކަމެއް! އަހަންނަކަށް ނޭނގެ!“ މުސްކާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

”އެނގޭނެ! ތީ ކުޑަކުއްޖެއް ނޫން. އަހަރެން މުސްކާންއަށް އެދޭވަރު ….. ނިކަން އަހަރެންގެ ދެލޮލަށް ބަލާލަ ބަލަ!“ ހައިދަރު ހިފެހެއްޓީ މުސްކާންގެ ދަށްދޮޅީގައެވެ. އުޅުނީ މުސްކާންގެ މޫނު ހިއްލާލާށެވެ. އެހެންނަމަވެސް މުސްކާން އެ ފުރުސަތެއް ނުދިނެވެ. ހައިދަރުގެ އަތް ފޮޅުވާލާފައި ދުއްވައިގަތެވެ. ހައިދަރު ވެސް މުސްކާން ދާކަށް ފުރުސަތެއް ނުދިނެވެ. އެއްލި އަތުން ހައިދަރަށް ހިފުނީ މުސްކާންގެ ހެދުމުގެ ފަސްބައިގައެވެ. ވަގުތުން މުސްކާން މަޑުކުރިއެވެ. ހެދުން ވީދިދާނެތީއެވެ.

”ޕްލީޒް، އަހަންނަށް ތިހެން ނަހަދާ! އަހަރެން ހާދަ ކެތްކޮށްފީމޭ! ހާދަ އިންތިޒާރެއް ކޮށްފީމޭ! މުސްކާން އަށް އަހަރެންގެ އިޙުސާސްތައް …. އަހަރެން މުސްކާން ދެކެ ލޯބިވާވަރު!…. މުސްކާން ޕްލީޒް!“ ހައިދަރުގެ އަޑު އެހިސާބުން ބޭރެއް ނުވިއެވެ.

މުސްކާން ވިސްނައިލިއެވެ. ނޯ ބުނަންޖެހޭ ތަންތާ ނޯ ބުނެވެން ވާނެއެވެ. މިހާ ހިސާބަށް އައި އިރު މުސްކާން އައީ އެ ފަލްސަފާ ގަބޫލުކުރަމުން އަދި އަމަލުވެސް ކުރަމުންނެވެ. އޭރު އަދި މުސްކާންއަށް ޚާއްސަ އެއްވެސް މީހަކު ނެތެވެ. ވީއިރު އަމުދުން… އަމުދުން މިއަދު އެފަދަ މީހަކު ހުއްޓާ އެ ”ނޯ“ ބުނަންޖެހޭނެއެވެ. އެހެންވެ ވާހަކަ ފަށާނެ ގޮތަކާމެދު މުސްކާން ވިސްނައިލިއެވެ.

”ލުކް ހައިދަރު، އަހަރެން ވަރަށް ދެރަވެއްޖެ!“ ވާހަކަ ފަށަމުން މުސްކާން އައިސް މިފަހަރު އަމިއްލައިން ހައިދަރުގެ ކުރިމަތީ ހުއްޓިލިއެވެ. ހައިދަރު ބަލަންފެށީ ސީދާ މުސްކާންގެ ލޮލަށެވެ. އެހެންވެ ވާހަކަ ދައްކަން މުސްކާންއަށް އުދަނގޫ ވެސް ވިއެވެ.

”އަހަރެންގެ ބިޓެއް …. އަހަރެންގެ ބިޓެއް ހުރޭ! ސޮރީ!“ މުސްކާން އެނބުރިލާފައި ބާރަކަށް ހިނގާފައި ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު މުސްކާންއަށް އެ ދޮރުގައި ބުރަކަށި ޖައްސައިލެވުނެވެ. ހަގީގަތުގައި ވެސް މުސްކާން އެހެރީ ވަރަށް ދެރަވެފައެވެ. ހައިދަރުގެ ހިތުގައި ޖެހޭނެވަރު މުސްކާންއަށް އިޙްސާސްވަނީއެވެ. އެކަމުގައި އެދެމީހުންކުރެ އެއްވެސް މީހެއްގެ އިޚުތިޔާރެއް ނެތެވެ. ހައިދަރު މުސްކާން ދެކެ ލޯބިވި ލޯބިވުން ކުށްވެރިކުރެވޭނެ ގޮތެއް ވެސް ނެތެވެ. އަދި މުސްކާން ހައިދަރުގެ އެދުމަށް ދެކޮޅުހެދި ހެދުން ވެސް ކުށްވެރިކުރެވޭނެ ގޮތެއް ނެތެވެ. ވީއިރު …. ވީއިރު ދެމީހުންނަކީ ވެސް ކުށްވެރިންނެއްނޫނެވެ. އެހެންވިޔަސް ހައިދަރުގެ ގޭގައި ހައިދަރުގެ ކުރިމަތީގައި ދެން އުޅެން މުސްކާންއަށް ވަރަށް އުދަނގޫވާނެއެވެ. އެކަމަކު އެގެއިން މުސްކާން ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ. އަދި އެގެއިން ދާނީ ކީކޭ ކިޔާފައިހެއްޔެވެ! ދިރިއުޅުމުގައި މިކަހަލަ ކިތައް އިމްތިހާނާ ކުރިމަތިލާން ޖެހޭނެހެއްޔެވެ!

ފިކުރުތަކާ ޚިޔާލުތަކުން މިންޖުވެ އަރާމު ނިންޖަކުން ނިދާލަން މުސްކާން މިވަގުތު ވަރަށް ބޭނުމެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމުން ސަލާމަތްވުމަށެވެ.

އެލާމްކުރި ފޯނުން އަޑު އިވެން ފެށުމުން މުސްކާން ބަލައިލީ އައިންތު އޮންނަ އެނދާ ދިމާއަށެވެ. އޭރު އައިންތު ހުރީ ފާޚާނާގައިކަން އައިންތު އެނދުގައި ނެތުމާ ފާޚާނާއިން ފެން އޮހޭ އަޑު އިވުމުން މުސްކާންއަށް އެނގިއްޖެއެވެ. އެހެންކަމުން މަޑުކޮށްލައިގެން އޮތެވެ. އައިންތު ނަމާދުކޮށް ނިމިގެން މުސްކާންއަށް ބަލައިލިއެވެ. މުސްކާންގެ ޗުއްޓީ ދުވަސްކޮޅުކަމަށް ވެދާނެއޭ ހީވެ އައިންތު އަލުން އަރާ އެނދުގައި އޮށޯތެވެ. ވިއްސާރަ ވެސް ވެހޭ އަޑު އިވޭތީ ބޭރަށް ނިކުންނަން އަދި ބޭނުން ނުވާތީއެވެ.

އައިންތު ނިދިއްޖެއްޔާ އަބަދު ވެސް މަޑު މަޑު ގުގުރިދެމުމެއްގެ އަޑު އިވޭނެއެވެ. މުސްކާން އިންތިޒާރުކުރީ އެވަގުތަށެވެ. ތެދުވެގެން ވަގު ބުޅަލެއްހެން ފައިގެ އިނގިލތަކުގެ ކުރި ޖައްސަމުން ގޮސް ފާޚާނާއަށް ވަނެވެ. މުސްކާން ފާޚާނާގައި ހުރީ ބޮކި ވެސް ޖައްސާ ނުލައެވެ. އައިންތު ހޭލަފާނެތީއެވެ. އިރާކޮޅު ކުރި ޕްލޭނާ އެއްގޮތަށް ކަންތައް ވާން މުސްކާން ނުހަނު ބޭނުމެވެ. އަމުދުން ހައިދަރާ އެކު މިރޭ އެ ދެކެވުނު ވާހަކަތަކަށް ފަހު އެ އެދުން މުސްކާންގެ ހިތުގައި މާބޮޑަށް ހިނގައިގެންފިއެވެ.

އަބަދުވެސް މުސައްލަ މަތީގައި ވަރަށް މަޑުމައިތިރިކަމާ އެކު ނަމާދުކުރަން  ވަގުތު ހޭދަކުރާ މުސްކާންގެ ހަރަކާތްތައް މިރޭ ވަރަށް ތަފާތެވެ. އަވަސް އަވަސްކޮށްލައިގެން ގޮސް ކޮޓަރިން ނިކުތީ ރިހާންއާ ޓެރެސްއިން ބައްދަލުވުމުމަށް އެދި ދުޢާކުރަމުންނެވެ.

މަޑުމަޑުން ޓެރެސްއަށް އެރި މުސްކާންގެ ނަޒަރު މުޅި ޓެރެސް ވަށާ އެނބުރުމަށްފަހު އައީ މާޔޫސް ވެގެންނެވެ. އެތާކު އެކަކުވެސް ނެތެވެ. ފަޅުކަމާ އަނދިރިކަން ފިޔަވާ އެތަނުގައި ވެރިކަން ކުރަމުން ދިޔައީ ފިނިކަމެވެ. މުސްކާންގެ ހިތް ކަތިލެވިގެން ދިޔައެވެ. އެހެންވިޔަސް ނާއުންމީދުވެގެން އެނބުރި ދާކަށް މުސްކާން ބޭނުމެއް ނުވިއެވެ. ކުރިއަށް ހިނގާލާފައި ގޮސް ޓެރެސްގެ އެއްފަރާތު ރެއިލިންގައި ހިފަހައްޓައިގެން ފުސްވެ ބަނަވެފައިވާ އުޑުމައްޗަށް ބަލައިލިއެވެ. ވިއްސާރަވިލާ އުޑުމަތިން ފެންނަން ހުއްޓަސް އިރުމަތި ފަރާތް ދޮންވެ ރަންކުލަ ފާއްދާލާފައި ވެއެވެ. ބޭރުގެ މާހައުލަށް ނިކުމެވުމުން ފިނީގެ އަސަރުން މުސްކާންގެ ހަށިގަނޑު ތޮރުފިގެން ދިޔައެވެ. އެހެންކަމުން އިޚުތިޔާރަކާ ނުލައި މޭކަށިގަނޑުގެ ތިރިން ދެއަތް ހުރަސްކޮށްލާ އަމިއްލަ ގައިގާ ބައްދައިލެވުނެވެ.

އިރު އެރިއިރުވެސް މުސްކާން ހުރީ އެތާގައެވެ. އެކަނި މާއެކަންޏެވެ. ރިހާން އެއް ނައެވެ. މުސްކާންގެ ހިތަށް ކުރަމުންދިޔަ ބަރުދާސްތުކުރަން ދަތި އަސަރުތަކުން އެންމެ ފަހުން މީހާއަށް ރޮވިއްޖެއެވެ. އާންމުކޮށް ރިހާން އިށީންނަ ސަންބެޑްގައި މުސްކާންއަށް އިށީނދެވުނީ ގަސްދަކު ނޫނެވެ. ދެން ދެއަތުން މޫނު ފޮރުވައިލީ އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްވެސް މީހަކަށް ނުދައްކަން ވެގެންނެވެ.

ރޮއެލީމާ ކޮންމެވެސް ވަރަކަށް ހަމަޖެހި މީހާ ހަމައަކަށް އެޅިއްޖެއެވެ. އެހެންކަމުން ދެ އަތުގެ ނުފުށުން މޫނު ފޮހެލުމަށްފަހު މުސްކާން ހިނަގއިގަތީ ކޮޓަރިއަށެވެ. އޭރުވެސް އަދި އައިންތު ހޭނުލައެވެ. އެހެންކަމުން މުސްކާން ވެސް އެނދުގައި އަރާ އޮށޯތެވެ. ނިދި ނާންނާނެކަން އެނގޭ އިރު ވެސް ދެލޯ މަރައިލިއެވެ. ޚިޔާލުގައި އެނބުރެމުން ދިޔައީ ރޭގައި ހިނގި ހާދިސާއެވެ. ޔަގީނުންވެސް ރިހާންއަކަށް އެ ހިނގި އެއްވެސް ކަމެއް ނޭނގޭނެއެވެ. އެހެން ހިތަށް އެރުމުން މުސްކާންއަށް ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

އައިންތު ތެދުވެގެން އަލުން ފާޚާނާއަށް ވަނީ ވެސް މުސްކާން ހަމަ އެ ގޮތަށ ދެލޯ މަރާލައިގެން އޮތްވައެވެ. އަދި ފާޚާނާއިން ނިކުމެފަ މުސްކާންގެ އެނދާ ކުޑަކޮށް ގާތްވެލައި ބަލައިލިއިރު ވެސް މުސްކާން އޮތްގޮތަށް އޮތެވެ.

މުސްކާން އެނދުން ހިއްލައިލީ އޮފީހަށް ދާން ގަޑިޖެހެން ބައިގަޑި އިރަށް ވަގުތު ކުރުވުމުންނެވެ. ފާޚާނާއިން ނިމިގެން ވެސް މުސްކާން ކޮޓަރިން ނުނިކުމެ މަޑުކުރީ ހައިދަރު އޮފީހަށް ދަންދެނެވެ. ހައިދަރުގެ ކޮޓަރީގެ ދޮރު ލައްޕާލާ އަޑަށް ކަންފަތްދީގެން ހުރެ ހުރެ ފަސްމިނިޓަށް ވަގުތު ކުރުވި އިރުވެސް އެ އަޑެއް ނީވުނެވެ. އެހެންކަމުން މުސްކާން ނިންމީ ހައިދަރާ ކުރިމަތިލާން ޖެހުނަސް އޮފީހަށް ދާން ނިކުންނާށެވެ.

އައިންތުގެ ކޮޓަރީގެ ދޮރު ހުޅުވުމުން އުނދުން ކައިރީ ހުރި އައިންތު އެނބުރިލީ މުސްކާންއާ ދިމާއަށެވެ.

”މިއަދު އިރު އަރައިގެން މިއުޅެނީ ކިހިނެއްތަ! މިގޭ އެކަކުވެސް މިއަދު ކޮޓަރިއަކުން ނުނިކުމޭ! ހައިދަރު ވެސް އޮފީހަށް ސަލާމޯ! މުސްކާން ވެސް ދައްތަ ހީކުރީ ސަލާމް ބުނި ދުވަހެއްކަމަށް!“ ގޭތެރޭގައި ދެމީހެއްގެ ދިރިއުޅުމާ ގުޅުންހުރި ބޮޑު ހާދިސާއެއް ހިނގައި ނިމުނުކަން ނޭނގި ހުރި އައިންތު ވާހަކަ ދައްކާ ނިންމައިލި އިރު ވެސް މުސްކާންގެ ދެލޯ ހޯދި މީހާއެއް ނުފެނުނެވެ.

”އާދޭ އަވަހަށް ކޮފިތަށި ބޯން! މިހާރު ވެސް މާލަސްވެއްޖެ ދޯ! އައިންތު މުސްކާންއަށް ހެދި ކޮފީތަށި މޭޒުމަތީ ބަހައްޓަމުން ބުންޏެވެ.

”މިއަދު ކޮފި ނުބޮވެވޭނެ. ލަސްވެއްޖެ މާބޮޑަށް ވެސް!“ ޖުމުލަ ނިންމައިލިއިރު މުސްކާން ހުރީ ލިފްޓް ތެރޭގައެވެ.

ބައެއް ދުވަސް ދުވަހު މުސްކާން މެންދުރު ކާން އާދެއެވެ. މިއަދު އެ އައުމެއް ވެސް ނާދެއެވެ. އައީ އޮފީސް ނިންމާލާފައެވެ. އައިގޮތަށް އައިސް ވަނީ ކޮޓަރިއަށެވެ. އެހެންކަމުން ރިހާންއާ ވާހަކަދައްކަން އެ ކޮޓަރީގެ ދޮރުމަތީ ހުރި އައިންތު އައިސް މުސްކާން ލެއްޕި ދޮރު ހުޅުވައިލަމުން މުސްކާންއަށް ގޮވައިލިއެވެ.

”މުސްކާން!“ އައިންތުއަށް ފެނުނީ ކުލަ އޮއްސިފައިވާ މުސްކާންގެ މޫނެވެ. އައިންތުއަށް ބަލައިލިއިރުވެސް އެ މޫނުމައްޗަކަށް އެއްވެސް ބަދަލެއް މުސްކާންއަކަށް ނުގެނެވެއެވެ.

”ބަލީތަ! ….ކެއިންތަ މެންދުރު!“ އައިންތުގެ ސުވާލަށް މުސްކާން ޖަހައިލީ ބޮލެކެވެ. ދެންވެސް ހުރީ އަލަމާރި ހުޅުވައިގެން އޭގެތެރެއިން ކޮންމެވެސް އެއްޗެއް ނެގުމުގައެވެ. މުސްކާން އެ ދިނީ އައިންތު ކުރި ކޮން ސުވާލެއްގެ ޖަވާބުކަމެއް އައިންތަކަށް ނޭނގުނެވެ.

އައިންތު ދޮރު ކައިރިކޮށްލާފައި ދިޔައީއެވެ. މުސްކާން މަޑުމަޑުން އެނދުގައި އަރާ އޮށޯތެވެ. ކޮލެޖަށް ދާގަޑި ޖެހުނު އިރު ވެސް މުސްކާން އޮތީ ނިދިފައެވެ. އައިންތު އައިސް ގޮވައިލުމުން މުސްކާން ފުންމައިގެން ތެދުވެ ފާޚާނާއަށް ވަނެވެ. ލޯބީގައި ހިތަށް ވާތަދަކާ ލިބޭ މާޔޫސްކަމަކާހެދި ކިޔެވުމަށް ބުރުލެއް އަރާކަށް މުސްކާން ނޭނދެއެވެ. އެ ހަށިގަނޑުގައި ކޮޅަށްހުރެވޭހާ ބާރުހުރިއްޔާ އޭނާ ކޮލެޖަށް ދާނެއެވެ.

މުސްކާން ކޮލެޖަށް ދާންވެގެން ކޮޓަރިން ނިކުތްއިރު އެގޭގެ ސިޓިންރޫމް އޮތީ ހުސްކޮށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަނެއްކާ ހައިދަރު ކޮބައިހެއްޔެވެ! ރިހާން…. ރިހާން ވެސް އެއްގޮތަކަށްވެސް މިއަދަކު ނުފެނެއެވެ. އަނެއްކާ ބަލީހެއްޔެވެ. މުސްކާންގެ މޭގައި ކުޑަ ރިހުމެއް ހިނގައިލިއެވެ. ރިހާންގެ ކޮޓަރީގައި ޓަކި ޖަހާލާނަމޭ ހިތާ ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ހައިދަރުކޮޓަރީގެ ތަޅު އަނބުރައިލި އަޑު އިވުމުން މުސްކާން އަލުން ކޮޓަރިއަށް ދެމިގަތެވެ.  މިއަދު މި ދިމާވާންއުޅެނީ ވަރަށް ދެރަކޮށެވެ. ހެނދުނު އޮފީހަށް ދެވުނީ ވެސް ގަޑިޖެހިގެންނެވެ. އަނެއްކާ ކޮލެޖަށް ވެސް މި ދެވެން އުޅެނީ ގަޑިޖެހިގެންހެއްޔެވެ!

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާވީސް ވަނަބައި

މާރޗް 20, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެކާވީސްވަނަ ބައި

މާރޗް 13, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ވިހިވަނަ ބައި

މާރޗް 6, 2023

Comments 1

  1. Kamana says:
    2 months ago

    Kamakunudhe maakuru

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In