އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ޒުވާނުންނާއެކު މިރޭ ޚާއްސަ ބައްދަލުވުމެއް ބާއްވަވަން ނިންމަވައިފިއެވެ.
”ޖީލެއްގެ ދިރުން“ މި ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި އިވެންޓް އޮންނާނީ މިރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގައެވެ.
ކޮފީއާއި މިއުޒިކާއެކު ބާއްވާ މި އިވެންޓުގައި ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ޒުވާނުންނަށް އޮންނާނެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ނަޝީދު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.

ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.