އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތީ މީގެ އިރުކޮޅެއް ކުރިންނެވެ.
ނަޝީދު ވަޑައިގަތުމުން ފުވައްމުލަކު އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ މަދު ބައެކެވެ.
ނަޝީދާއެކު މި ދަތުރުފުޅުގައި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސަޢީދާއި ޑރ.މުޙައްމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ.
ރައީސް ނަޝީދު އައްޑޫ ދަތުރުފުޅު ނިންމަވާލައްވާފައިވާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާ އައްޑޫގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.