ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ.މަތިވެރީގައި ސެލްފް ސަރވިސް އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.
ބީއެމްއެލްއިން ބުނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން މަތިވެރީގައި ހުޅުވި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރުތެރޭގައި ފައިސާ ނެގޭނެ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމާއި, ބިލަށް ފައިސާ ދެއްކުމާއި, ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
މަތިވެރީގައި އޭޓީއެމްއެއް ހުޅުވާފައިވާއިރު, އެ އަތޮޅު ރަސްދޫގައި ބީއެމްއެލްގެ ބްރާންޗެއްގެ އިތުރުން ތޮއްޑުއާއި, އުކުޅަހުގައިއޭޓީއެމްއެއް ބަހައްޓައި ޚިދުމަތްދެމުން އަންނަ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ އަލަށް ހުޅުވި އޭޓީއެމް މެދުވެރިކޮށް މަތިވެރީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި އެ ސެންޓަރުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަތަކެެއް ލިބޭނެ ކަމަށެވެ.