އިތުރު ދެ ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އިންފްރާސްޓްރަކްޗަރުން މިއަދު އެމްޓީސީސީއާ ހަވާލުކުރީ ރ.ދުވާފަރު ބަނދަރާއި, ބ.ދަރަވަންދޫ ބަނދަރުގެ މަސައްކަތެވެ.
ދުވާފަރު ބަނދަރު މަޝްރޫޢު ހަވާލުކުރީ 11،438،118.00 ރުފިޔާއަށެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދަރަވަންދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 59،919،360.12 ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.