ސްޓެލްކޯއިން މަހިބަދޫގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މަހިބަދޫއަށް ގެންދިޔައީ 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
އެ ގޮތުން އެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންދިޔައީ
އެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް, ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކަމަށެވެ.