ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަޢުދުﷲ އަޙްމަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޖޭޕީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމަށް ފޮނުއްވި ސިޓީގައި ސަޢުދުﷲ ވިދާޅުވެފައިވަނީ އެ ޕާޓީގެ ކައުންސިލުންނާއި، ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމުގައެވެ.
އެ ގޮތުން ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެއްވައި އެކަން އިލެކްޝަން ކޮމިޝަނަށް އަންގައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
ސަޢުދު ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.
މީސްމީޑިއާގެ ޕްލެޓްފޯމުތަކުގައި ސަޢުދު މިހާރު ގެންދަވަނީ ރައީސް ޞާލިޙްގެ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވެސް ގޮވައިލައްވަމުންނެވެ.