ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މ.މަނާގެ, ޢަލީ ފާއިޒު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފާއިޒް ޢައްޔަންކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
މިއަދު ފާއިޒަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމުގައެވެ.
ޢަލީ ފާއިޒަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެކުރިން ފާއިޒް ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު ވެސް އަދާކުރައްވައިފައެވެ.
ބ.އަތޮޅުގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފާއިޒަކީ
މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި, ޕޮލިސް ބޯޑުގައި މެންބަރުކަމުގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.