މި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގައި ”މަތިޖެހުމަށްޓަކައި“ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ”އިނގިލި ދިއްކުރަނީ“ އިބިލީސް ފަދަ ނުރައްކާތެރި ބައެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން މި ސަރުކާރުގެ ދީނީ “އުސްމިންތައް“ ކަމަށް ވިދާޅުވެ ބައެއް ކަންކަން ފާހަގަކުރެއްވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގައި ހަށިވިއްކުން ޢާންމުވެއްޖެ ކަމަށާއި ލިވާތު ޢާންމުވެއްޖެ ކަމަށާއި މާފުށްޓަކީ ޑްރަގް ޕާޓީކުރާ ތަނަކަށްވެފައިވާ ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރި މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
”މި ކަންކަމުގައި މަތިޖަހަން ނުބައި ޢާލިމުން ރައީސް ނަޝީދަށް އިނގިލި ދިއްކުރަނީ. އިބިލީސް ފަދަ ނުރައްކާތެރި ބައެއް.“
”ނުބައި ޢާލިމުން“ ކަމަށް ޖަމީލް އެ އިޝާރަތްކުރައްވަނީ ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.މުޙައްމަދު އިޔާޟާއި ޝައިޚް ޢަލީ ޒައިދަށް ކަމަށް ބެލެވެއެވެ. އެއީ އެ ދެ ބޭފުޅުން ޚާއްސަކޮށް މި ދުވަސްކޮޅު ގެންދަވަނީ ރައީސް ނަޝީދަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ތި ޖަމީލު ހީކޮށްގެން އުޅެނީ ތިމާވަރުގެ މީހަކު މިދުނިޔޭގައި
ނެތްކަމަށް، މީހައްތާވެސް މިރާއްޖެއަށް
ފާކުރައްވާފަ ތިބިދައްޖާލުން
Thedheh vaanee hama thedhakah.