ބުރާސްފަތި, ޖޫން 8, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމެރިކާގައި ބަޑިޖަހާ 7 މީހަކު މަރާލައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 25, 2023
ދުނިޔެ
0
އެމެރިކާގައި ބަޑިޖަހާ 7 މީހަކު މަރާލައިފި

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގައި ބަޑިޖަހައި ޢާންމުންގެ އިތުރު ހަތް މީހުން މަރައިލައިފިއެވެ. ހަމަލާދީފައި ވަނީ ސެން ފްރެންސިސްކޯގެ އައްސޭރިފަށުގައިވާ ހާފް މޫން ބޭ ކިޔާ ރަށެއްގައެވެ. މި ހާދިސާގައި ޒިންމާވާ އޭޝިޔާ ނަސްލުގެ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ލޮސް އެންޖެލެސްގެ މޮންޓެރޭ ޕާކްގެ ކްލަބެއްގައި ބަޑިޖަހައި 11 މީހުން މަރައިލި ހާދިސާގެ އެއް ދުވަސް ފަހުންނެވެ.

ހާފް މޫން ބޭގައި ބަޑިޖެހައި ގިނަ ބަޔަކު މަރައިލާފައި ވަނީ ދަނޑުވެރިކަން ކުރާ ދެ ނަރސަރީއެއްގައި ކަމަށް ސެން މެޓޭޔޯ ކައުންޓީގެ ފުލުހުން ބުނެއެވެ. ހަމަލާގައި އިތުރު މީހަކު ވަނީ ޒަޚަމުވެފައެވެ. އަދި، ހަމަލާގައި ޒިންމާވާ ކަމަށް ބެލެވޭ 67 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޗުންލީ ޜާއޯ ކިޔާ މީހެއް ކަމުގައި ފުލުހުން ބުނެއެވެ. މި ހާދިސާގައި މަރައިލާފައި ވަނީ އޭނާއާ އެކު ދަނޑުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންތަކެކެވެ.

ލޮސް އެންޖެލެސްގެ އޮފިޝަލުން އަދިވެސް ދަނީ މޮންޓެރޭ ޕާކްގައި ދިން ބަޑީގެ ހަމަލާތައް ތަހުޤީޤު ކުރަމުންނެވެ. އެ ހަމަލާދީފައި ވަނީ ޗައިނާގެ އައު އަހަރު ފާހަގަކުރުމުގެ އިހުތިފާލުތައް ކުރިއަށްދިޔަ ވަގުތެއްގައެވެ. އެ ހަމަލާގައި ޒިންމާވާ 72 އަހަރުގެ ހޫ ކާން ޓްރާން ވަނީ، ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރުމުން، އަމިއްލައަށް ފުރާނަ ނަގައިލައިގެން މަރުވެފައެވެ.

ޓްރާންއަކީ، ޤަވާޢިދާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައި 1994 އަހަރު ވެސް ހައްޔަރުކޮށްފައިވާ މީހެއްކަން ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އޭނާ ވަނީ، ކްލަބްގައި ތިބި މީހުންނާ ދިމާލަށް އަމާޒުކޮށް 42 ފަހަރު ބަޑިޖަހާފައެވެ. އަދި، އެއަށްފަހު އެހެން ކްލަބަކަށް ގޮސް، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދޭން ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އެ ތަނުގައި ތިބި ޢާންމުންގެ ދެ މީހަކު ވަނީ ޓްރާން ހުއްޓުވާފައެވެ.

ހާފް މޫން ބޭގެ ނަރސަރީއެއްގައި ބަޑިޖަހައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ތަނަށް ހާޒިރުވެފައެވެ. އަދި، ދެވަނަ ނަރސަރީގައި ބަޑިޖަހައި ހަމަލާދީފައި ވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ފުރަމަތަ ނަރސަރީގައި ހަތަރު މީހަކު މަރައިލާ، އިތުރު މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައި ފުލުހުން ބުނެއެވެ. މި ދެ ހަމަލާ ވެސް ދީފައި ވަނީ، އެ ދެ ތަން ކައިރީގައި ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ވެސް އުޅުނު ވަގުތެއްގައި ކަމަށާއި، ބައެއް ކުދިންނަށް އެ މަންޒަރުތައް ފެނުނު ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ހާފް މޫން ބޭއާއި މޮންޓެރޭ ޕާކްގައި ދިން ހަމަލާތަކަކީ 2022 މޭ މަހަށް ފަހު އެމެރިކާގައި ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. ޓެކްސަސްގެ އުވާލްޑޭގެ ސްކޫލެއްގައި 2022 މޭ މަހު ދިން މި ފަދަ ބަޑީގެ ހަމަލާތަކެއްގައި ދެ ޓީޗަރުންނާއި 19 ދަރިވަރުން ވަނީ މަރައިލާފައެވެ. ކެލިފޯނިޔާގައި މިހާތަނަށް ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާ ދީފައި ވަނީ 1984 ވަނަ އަހަރުއެވެ. ސެން ޑިއޭގޯގައި ހުންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓެއްގައި ތެރޭގައި ބަޑިޖަހައި ދިން ހަމަލާގައި 21 މީހުން މަރުވިއެވެ.

ގުޅުންހުރި ލިޔުންތައް

ބިންގަނޑު ކެނޑި 19 މީހުން މަރު، 5 މީހަކު އަދި ނުފެނޭ

ބިންގަނޑު ކެނޑި 19 މީހުން މަރު، 5 މީހަކު އަދި ނުފެނޭ

ޖޫން 7, 2023
ކުރީގެ ނައިބު ރައީސް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ކުރީގެ ނައިބު ރައީސް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ޖޫން 7, 2023
ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ޖޫން 6, 2023
ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0
  • އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In