ޙައްޤަށް ބަސްބުނުމަށް އަބަދުވެސް ލޯބިކުރައްވާ ކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެެއެވެ.
ޝައިޚް ޒައިދު މިއަދު ވިދާޅުވީ ބުނާ ބަހެއް ބުނަނީ އަދި ކުރާ މަޝްވަރާއެއް ކުރަނީ ވަކިމީހަކު ރުއްސާކަށް ނުވަތަ ރުޅިއަރުވާކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނާއި ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތްތަކަކީ ކަންކަން ކުރެއްވުމަކީ އެބޭފުޅުންގެ އެންމެ އެދިވަޑައިގަންނަވާ މަތީ މަސްލަހަތު ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
”އިސްލާމްދީނާއި ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތްތަކަކީ އަޅުގަނޑުމެން އެދޭ އެންމެ މަތީ މަސްލަހަތު. ޙައްޤަށް ބަސްބުނުމަށް އަބަދުވެސް އަޅުގަނޑުމެން ލޯބިކުރަން.“ ޒައިދު ވިދާޅުވިއެވެ.
ސޯޝަލްމީޑިއާގައި ޝައިޚް ޒައިދާއި ޑރ.މުޙައްމަދު އިޔާޟް ދައްކަވާ ވާހަކަތަކުން ޚާއްސަކޮށް ސިޔާސީ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފައެވެ.
ފާޑުކިޔުން އަމާޒުވުމުން ދާދިފަހުން އިޔާޟް ވިދާޅުވީ އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވައިފި ކަމަށް މާތް ރަސްކަލާނގެ ހެކިވެވޮޑިގެންވާނެ ކަމުގައެވެ.
އެހެންވިއްޔާ حق އޮޅިވަޑާގަތީތޯ
ޒައިދަކީ އިތުބާރުގެއްލިފައިވާ އިލްމުވެރިއެއް. ދީން ހަތިޔާރަކަށް ހަދާތީއާއި ސިޔާސީ ތުންފުއްސަކަށް ވުމުގެ ސަބަބުން ތިވަނީ އަގުވެއްޓިފައި. މުނާފިޤުންގެ ސިފަތައް ދޫކުރައްވާ ޙައްޤުމަގަށް ރުޖޫއަވެލައްވާ.
ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދަން އަނެއް ކެންޑިޑޭޓަށް އެއްޗެހި ގޮވުމަކީ ޙައްޤަށް ނަސްބުނުމެއް ނޫން، އެއީ ޒާތީވެގެން ނައްޓާލާން ނޭގުން.