ސަބަބުވެރި އިންސާނެއްގެ ހަމަތަކުން ބޭރުވުމަކީ ތަބީޢީކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ ތަބީޢީ ކަމެއް ކަމަށެވެ. ނަމަވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރާއިރު ސަބަބުވެރި އިންސާނެއްގެ ހަމަތަކުން ބޭރުވުމަކީ ތަބީޢީކަމެއް ކަމަކަށް ނުވާނެ ކަމަށް “ހަސަން ކުރުސީ“ އަށް ޓެގްކުރައްވައި އިމްރާން ވިދާޅުވިއެވެ.
”ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކީ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ”ވަގު“ އެކައުންޓެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ކުރުސީއާއި ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.މުޙައްމަދު އިޔާޟާއި ޝައިޚް ޢަލީ ޒައިދާ ދެބޭފުޅުންނާމެދު ވަރަށް ގަދަޔަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުން ދަނިކޮށެވެ.