އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ 14:00 ގައެވެ.
ނަޝީދު މިހާރު ހުންނެވީ އައްޑޫ ސިޓީގައެވެ. ނަޝީދު ގެންދަވަނީ އައްޑޫގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ހާލަތު ބައްލަވަމުންނެވެ.
ނަޝީދު އިއްޔެ އައްޑުއަށް ވަޑައިގެންނެވިއިރު ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސަޢީދާއި ޑރ.މުޙައްމަދު މުނައްވަރު ވެސް އަރިހުގައި ވަޑައިގެންނެވިއެވ.
އައްޑުއަށް ވަޑައިގެން ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ސިޓީގެ ތަރައްޤީ ކުރިއަށްދާ މިންވަރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަޝްރޫޢުތައް ހުރީ މަޑުޖެހިފައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްޤީ ހޯދެން އޮތް އިންޖީނަކީ އައްޑުއެވެ. ނަމަވެސް ސަރުކާރުން އައްޑުއާމެދު އިހުމާލުވެފައިވާ ކަމަށް ވިދާޅުވިއެެވެ.