އައިޑީ ކާޑާއި ޕާސްޕޯޓާއި ކާކުކަން އަންގައިދޭ އެފަދަ އެހެނިހެން ލިޔުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި އެފަދަ ލިޔުންތައް ބަލައިނުގަންނަން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ އަންނަ މަހުގެ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި ބަލައިގަންނާނީ މުއްދަތު ހަމަނުވާ ލިޔުންތައް ކަމުގައެވެ.
އޭގެތެރޭގައި އައިޑީ ކާޑާއި، ޕާސްޕޯޓާއި، ލައިސަންސް ކާޑާއި، ވަކް ވިސާ ކާޑާއި، އެއާޕޯޓް ސެކިއުރިޓީ ފާހުގެ އިތުރުން ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯއާއި އައިޑީ ކާޑު ނަންބަރު ޖަހާފައިވާ ރަސްމީ ލިޔެކިިޔުންތައް ހިމެނެއެވެ.
އައިލެންޑް އޭވިއޭޝަނުން މި ގޮތަށް ނިންމާފައިވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް މިހާރު މުއްދަތު ހަމަވެފައި ހުންނަ އައިޑީ ކާޑުފަދަ ލިޔުންތައް ބަލައެއް ނުގަނެއެވެ.