މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ދިޑެއިލީ“ އަށް ވިދާޅުވީ އަމީނީ މަގުގައި ހުންނަ ޣިޔާސުއްދީން ސްކޫލު ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު ފުލުހުންގެ އިދާރާއަށް ލިބުނީ މިއަދު 16:10 ހާއިރު ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާއި އައިޖީއެމްއެޗްގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަށް ހަމަލާދިނީ އެ ތަނަށް ދިޔަ ގުރޫޕަކުންނެވެ. ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.