ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ އެ ޕާޓީން ހައިކޯޓަށް ހުށަހަޅައިިފިއެވެ.
ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އީސީން ޑީއާރްޕީއަށް ތިން މަސް ދިނުމުން ވެސް އެ ޢަދަދަށް މެންބަރުން ހަމަވެފައި ނުވާތީ އީސީ އެ ޕާޓީ އުވައިލަން ނިންމީ މިދިޔަ މަހުއެވެ.
ޑީއާރްޕީ އުވައިލަން ނިންމި މައްސަލަ ހައިކޯޓަށް ހުށަހެޅީ އިއްޔެގައެވެ.
ނަމަވެސް އަދި އެ މައްސަލަ ބަލައެއް ނުގަނެއެވެ.
ޑީއާރްޕީ އުވައިލަން ނިންމާފައިވާއިރު އީސީން ވަނީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް ވެސް އެ ޕާޓީއަށް އަންގާފައެވެ.