ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމު އެއީ އެހެން މީހުންނަށް ދުއްތުރާއަކަށް ވެގެންނުވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ.މާޅޮހަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ޝުޢޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައުމަށްފަހު އެއްވެސް ހުރަހެއްނެތި ޚިޔާލު ފާޅުކުރުމާއ ނޫސްވެރިކަމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދީފައިވާ ކަމަށެވެ.
”އެހެން ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ. ތިމާ ފާޅުކުރާ ޚިޔާލެއްގެ ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށްވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވައިލާ އެއްޗަކަށެއް. އެހިސާބަށް ގޮސްފިއްޔާ ދެންޖެހޭނީ ވެރިކަމުގެ ތިބި ބަޔަކު އެއާ ދޭތެރޭ ވިސްނަން. މިއަދު ބައެއް ފަހަރު އަޅުގަނޑުމެންނަށް އެ މަންޒަރު އެބަފެނޭ.“
ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކުރައްވާކަށް ނެތިން ކަމަށާއި ޚިޔާލު ފާޅުކުރުން ހުއްޓުވާކަށް ވެސް ނެތިން ކަމަށެވެ.
”ޝުޢޫރު ފާޅުކުރަންވީ. އެހެންނަމަވެސް އެއީ ދެން ތިބި މީހުންނަށް ދުއްތުރާއަކަށްވެގެން ނުވާނެ.“ ރައީސް ވިދާޅުވިއެވެ.
މިހިރަހޭބައްޔާ ކަލޭމެން ގެ ފިނދަނަތައް ފޮނުވައިގެން މީހުނަށް ތިކުރަނީ އަނިޔާ އެއްނޫންތަ ދެމީހަކު މަގުމައްޗައް ނިކުތީމަ