އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކުރަން އިިިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ.މާޅޮހަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕްރައިމަރީ އޮންނަ ދުވަސް ގާތްވެފައިވާއިރު ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތަކެއް [ސިޔާސީ ޕާޓީތައް] ޖެހެމުންދާ ކަމަށާއި އެކަމާ ވިސްނަންޖެހޭ ކަމަށެވެ. އަދި ބައެއް ރަށްރަށުން އެކަން ފެންނަމުންދާ ކަމަށާއި އެ މީހުންގެ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެ އޮތްކަން އެނގޭތީ އެކަމަށް ހުރަސްއަޅަން އޮތް ކަންކަން އެ ބޭފުޅުން އެ ކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެތިބީ.“
ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި މި ޕްރައިމަރީއަކީ ވެސް ދެން ހުރި ސިޔާސީ ޕާޓީތަކަށް ނަމޫނާއަކަށް ވެގެންދާނެ އިންތިޚާބެއް ކަމަށެވެ.
ރައީސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވައިފައެވެ.
Kon idhikolhah ekkolheh kiyaakah onnaanee gadubadu vefa oiy verikameggaa ehen bayaku kommehen gadubadu kuraakah nujehey RN AA ves jehiganegen mi ulhenee idhikolhu meehun tha? Thi meehaku verikamah genai fahun mulhi MDP gadubadu koffiey, mas nubeynuneemaa kandu nubaikuraa gothah verikan kuran neyguneemaa nubai mikuranee idhikolhu paatee, khaasa Koh gaumee batholun gaumu hingaa levvi RY meehunaa jehiganegen noolhe nikan kamakah vaakahala kameh RY fadhain Koh dheebala raees Iburaahimaa AAA.!!