ރައީސް މުޙައްމަދު ނަޝީދަށް ދެވަނަ ފަހަރަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކުރީ ވެރިކަމުގައި ފެނުނު ވަރަށްވުރެ ނުބައިކަންތައް ފެނިގެން ހިނގައިދާނެކަމަށް ޑރ.މުޙައްމަދު އިޔާޟް މިއަދު ވިދާޅުވެއްޖެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައިރަލާއ އޫރު މަސް މަސައްކަތް ކުރެއްވި ބޭފުޅެެއްގެ މަތިން ހަނދާން ހުރި އެއްވެސް ރައްޔިތަކު މިހާރު އެބައުޅޭތޯ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ޓްވިޓާގައި ސުވާލުކުރައްވާފައިވާތީ އިޔާޟް ވިދާޅުވީ އެ ބޭފުޅަކީ ނަޝީދު ކަމަށެވެ.
”އެއީ ނަޝީދު. ދެވަނަ ފަހަރަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެޔަށްވުރެ ނުބައިކަންތައް ފެނިގެން ހިނގައިދާނެ. ރައްޔިތުން ސަމާލުވާންޖެހޭ.“
އިޔާޟް ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދު ކޮންމެފަދަ ދޮގެއްވެސް ހައްދަވައި ވަޢުދުތައް ވެސް ވެވަޑައިގެންފާނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ވަފާތެރިވެވަޑައެއް ނުގަންނަވާނެ ކަމަށް އިޔާޟް ވިދާޅުވިއެވެ.
އިޔާޟް މިހެން ވިދާޅުވިއިރު ނަޝީދު ވަނީ ދެން ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.