މުސްލިމުންގެ ތެރޭގައި ފިތުނަ އުފެއްދުން ދޫކޮށްލެއްވުމަށްފަހު އިސްލާހުވެވަޑައިގަތުމަށް ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒް އައްޝައިޚް ޢަލީ ޒައިދަށް މިއަދު ގޮވާލައްވައިފިއެވެ.
ޒައިދަށް ޓެގް ކުރައްވައި ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މުސްލިމުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުން ހުއްޓައިލެއްވުމަށް ގޮވައިލައްވާފައެވެ.
އަދި ”މީހުން ލައްވައި އަވަގުރާނަ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީތަކާއި ޓްވީޓުތައްކޮށް“ ނުހެއްދެވުމަށް ވެސް ގޮވައިލެއްވިއެވެ. ޢަލީ ވިދާޅުވީ ޢިލްމުވެރިންނަކީ އަބަދުވެސް މީސްތަކުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ބައެއް ކަމުގައެވެ. ”އިސްލާހުވާށެވެ.“ ޢަލީ ގޮވައިލެއްވިއެވެ.
ޒައިދަކީ ޢާންމުގޮތެއްގައި ސޯޝަލް މީޑިއާގެ މަންސަތަކުގައި އެކްޓިވް ބޭފުޅެކެވެ. އެ ގޮތުން ސިޔާސީ ބޭފުޅުންނަށާއި ބައެއް ނޫސްވެރިންނަށް ވެސް ރައްދު ދެއްވައި ހައްދަވައެވެ.