ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައްވާނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އައްޑޫ އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ޢާންމުންނާއި ސިޓީ ކައުންސިލަށް ދޫކޮށްލާނެ ކަމަށެވެ.
”އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި ޕަބްކިކަށް ޢާންމުންނަށް ބަދަލުކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން. ޚާއްސަ ގޮތެއްގައި ސިޓީ ކައުންސިލަށް ފިނޭންސް މިނިސްޓްރީގައި އޮތް ހިއްސާގެ ބޮޑު ބައެއް ފުރޮޅައިލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދައި ކުރިއަށްގެންދެވޭނެ އެންމެ ފަސޭހަ މަގު.“
މީގެއިތުރުން ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އިނގިރޭސީން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރާކަމުގައެވެ. އަދި އެފަދަ ގޮތަކަށް އެއާޕޯޓު ދޫކޮށްލަން އައްޑޫ ރައްޔިތުންނަށް އުނދަގޫނުވާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އިނގިރޭސީން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރާކަމުގައެވެ. އަދި އެފަދަ ގޮތަކަށް އެއާޕޯޓު ދޫކޮށްލން އައްޑޫ ރައްޔިތުންނަށް އުނދަގޫނުވާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
”އިނގިރޭސި ވަޒީރަކު ދިމާވި ނަމަވެސް އަދި އެ މީހުންގެ ވިޔަފާރިން ވެސް ކިރިޔާ ރާއްޖެ އެނގޭ މިންވަރުގެ މީހަކުކަމަށްވަންޏާ ގަން އެއާޕޯޓުގެ ވާހަކައާއި އައްޑޫގެ ވާހަކަ އެ ބޭފުޅުން އޮޅުންފިލުވާ.“
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދެއްވިއެވެ. ދިވެހި ސަރުކާރުން ޖީއެމްއާރާއެކު ގާއިމުކުރި އެއްބަސްވުން ބާޠިލުކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.
ނަޝީދު ޖީއެމްއާރަށް އެއާޕޯޓު ދިނީ 78 މިލިއަން ޑޮލަރުގެ ބަދަލުގައިކަމަށް އެ މަނިކުފާނުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޑރ.އާމިނަތު ޒުލްފާ ތުހުމަތު ކުރައްވާފައިވެއެވެ.
ސޯލިހުވެސް ހަދަނީހަމައެހެން މުޅިގައުމުގާ ވަނީ އިންޑިޔާގެބާރު