އދ. ގެ އެންމެ ބާރުގަދަ އެއް ކައުންސިލުކަމަށްވާ ސަލާމަތީ ކައުންސިލަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން 2027 ވަނަ އަހަރު ބާއްވާ ސަލާމަތީ ކައުންސިލުގެ އިންތިޚާބުގައި ރާއްޖެއިން އިންޑިއާއަށް ތާއީދުކުރަން ނިންމާފައިވަނީ 2028 ވަނަ އަހަރުން 2029 ވަނަ ދައުރަށް ކަމަށެވެ.
ރާއްޖެއިން އެ ގޮތަށް ނިންމީ އިންޑިއާގެ ފޮރިން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މި މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއަކީ ބައިނަލްއަގްވާމީ ސުލްހައަށާއި އދ. ގެ ޗާޓަރުތަކަށް ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް އަމަލުކުރާ ޤައުމެއް ކަމަށާއި, އިންޑިއާއަށް ތާއީދުކުރަން ނިންމީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ރިޢާޔަތް ކުރުމަށްފަހު ކަމަށެވެ.