އައްޑޫ ސިޓީން 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ މީދުއާއި, ފޭދުއާއި, ހުޅުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވައިލާ ކަމުގައެވެ.
މީދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ.
ކެޓަގަރީ A
އެ އަވަށެއްގެ ރައްޔިތުންނަށް: 90% (90 ގޯތި)
ކެޓަގަރީ B
އެހެން އަވަށްތަކުގެ ރައްޔިތުން: 10% (10 ގޯތި)
ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 300 ގޯއްޗެވެ.
ކެޓަގަރީ A
އައްޑޫ ސިޓީ ފޭދޫ އަވަށުގެ ރައްޔިތުންނަށް: 90% (270 ގޯތި)
ކެޓަގަރީ B
ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުން: 10% (30 ގޯތި)
ހުޅުދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ.
ކެޓަގަރީ A
އެ އަވަށެއްގެ ރައްޔިތުންނަށް: 90% (90 ގޯތި)
ކެޓަގަރީ B
އެހެން އަވަށްތަކުގެ ރައްޔިތުން: 10% (10 ގޯތި)
ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 02 ވަނަ ދުވަހުން ފެށިގެން ފެބުރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.