ޚާރިޖީ ވަޒީރު ޝާހިދު ޕީޕީއެމްއަށް ފާޑުވިދާޅުވުމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވަނީ ޕީޕީއެމްއަށް ފާޑުވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ފުރުސަތު ދޭންޖެހޭ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީއަކީ އާދަޔާ ޚިލާފަށް މިފަހަރު މުހިންމު އިންތިޚާބެއް ކަމަށެވެ.
”ދެން ހުންނެވި ކެންޑިޑޭޓަށް ފުރުސަތު ދެއްވައިފިނަމަ އެއީ ޕީޕީއެމްގެ އަނިޔާވެރިކަމަށް އަނެއްކާ ވެސް ފުރުސަތު ލިބިގެން އެދަނީ.“
ޝާހިދު ވަނީ ޕީޕީއެމް/ޕީއެންސީއަށް ފުރުސަތު ނުދިނުމަށް ވެސް ގޮވައިލައްވާފައެވެ.
ޑރ.ޝަހީމް ވިދާޅުވީ ޕީޕީއެމްއަކީ ކޮންމެ ދިމާއަކުން ބިނާކުރަނިވި ޚިދުމަތްތަކެއް ޤައުމަށް ކޮށްދީފައިވާ ޕާޓީއެއް ކަމަށެވެ. އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޤާއިމުކުރި ބޮޑެތި ބިޔަ މަޝްރޫޢުތައް އެހުރީ ފެންނަން ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
”ޝާހިދުމެން އެތެރޭގެ ޕްރައިމަރީގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ ވާހަކަ ދަންނަވަން“ ޑރ.ޝަހީމް ވިދާޅުވިއެވެ.
ﷲ ފިޔަވާ ؛ޕީޕީއެއް އަށްއަޅުކަން ކުރަށް ވަނީތޯ????
ބައްލަވާ ކީރިތިޤްރުއާނުގަ ﷲ އަންގަވާފަވާކަން މަނިކުފާނު
ހަނދުމަފުޅުނެތީތޯ *ތިޔަބައިމީހުން ނުވުމާ އެފަދަކަންތަކުން ދުރުވުމަށް * ވީއިރު ތިޔަގޮވަނީ ކޮހާ
މުކޮހާ ނޫންތޯ? މާތްކަލާ ކޮށްޓަކާ ވެރިކަމުގެފިކުރުދޫކުރައްވާ ތިޔަފިޔަފިތުނައިން ބޭރުވެ ބައްލަވާ! ޔާމީނުގެ ރަނިންމޭޓްކަން ލިބުމުގެހުވަފެނުގަ
ތިޔަމަގުފުރެދިވަޑައިގަތުން ދޫކުރަށްވާ! އެހެންފަޅިއަކުން
ދީނަށް ނަސްރުހޯދަވައިދެއްވާ! މިއީނަޞޭޙަތްތެރިއަކިން!