މާފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 82،599،660.36 ރުފިޔާއަށެވެ.
މިމަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، އައު ބަނދަރު ފުންކުރުމާއި، ނެރު ފުން ކުރުން، ބޭރު ތޮށި ޖެހުން އަދި ސޭންޑްފިލް ބްރޭކްވޯޓަރ ހެދުން ހިމެނެއެވެ.
މީގެ އިތުރުން 64 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 700 މީޓަރ ޖިއޯ ބެގް ރިވެޓްމަންޓް ޖެހުން، 374 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. އަދި އެއްގަމު ތޮށި ޖެހުމާއި، މޫރިންގް ރިންގް އަދި ބޮއި ހަރުކުރުމާއި ކޮންކްރީޓް ބްރިޖަކާއި ޖެޓީއެއް ހެދުމާއި މަގު ބައްތި ހަރުކޮށް ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.