ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ރާއްޖޭގެ ގެސްޓުހައުސްގެ ބާނީއަށް ވެވަޑައިނުގެންނެވޭނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކުރަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ހަމައެކަނި މާލޭގައި ގެސްޓުހައުސް ހިންގޭ ގޮތަށް އޮތް ނިންމުމަށް ބަދަލު ގެނައީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތާ ގުޅިގެން ކަމަށެވެ.
”ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް. ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފަ. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފަ އޮތް އެ ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމްކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު.“
ރައީސް ވިދާޅުވީ އޭރު މަޖިލީހުގައި މޫސާ މަނިކު (ރީކޯ) އާއި މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދާއި, މިހާރުގެ ޑިފެންސް މިިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެ މަނިކުފާނު ވެސް ހުންނެވި ކަމަށާއި, ގަރާރު ފާސްވީ އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ.
”އެހެންވީމަ ޙަޤީޤަތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ. އަޅުގަނޑު މި ދަންނަވަނީ ޕްރޮމޯޓްކުރަން އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތް ނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް މި ފުރުސަތު ރަށްރަށަށް ލިބިގެންދިޔައީ 2008 ވަނަ އަހަރުގެ ކުރީ ކޮޅުގައި މަޖިލީހުން ފާސްކުރި ގަރާރަކާ ގުޅިގެން.” ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުން ދަނީ ރައީސްއަށް ފާޑު ކިޔަމުންނެވެ. އެ ފަރާތްތަކުން ބުނީ ރައީސް ޞާލިޙް މަސައްކަތް ކުރައްވަނީ ޙަޤީޤަތް އޮޅުވައިލައްވަން ކަމަށެވެ.
ރައީސް ވިދާޅުވި ވިދާޅުވުމަށް ބާރު ލިބޭ ހެކި (މާލެއާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓުހައުސް ހިންގުން މަނާކުރާ ސަރުކާރުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އަންގާ ގަރާރު) ހިއްސާ ކުރައްވައި ހުސެން ކުރެއްވި ޓުވީޓެެގައި ވިދާޅުވީ ޙަޤީޤަތް އޮޅުވައިނުލެވޭނެ ކަމަށެވެ.
”މުޙައްމަދު ނަޝީދަކީއަކީ ގެސްޓުގެ ރާއްޖޭގެ ފައުންޑަރަކަށް ވާން އުޅުއްވާނެ ކަމެއް ނެތް. މަޖިލިސްގެ ގަރާރުން މިކަން ސާފުކޮށް އެނގޭ.“
މާލެއާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓުހައުސް ހިންގުން މަނާކުރާ ސަރުކާރުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އަންގާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 2008 ވަނަ އަހަރުގެ ޖުލައިމަހުގެ 07 ވަނަ ދުވަހުއެވެ. އޭރު މާލޭގެ މެންބަރަކަށް ހުންނެވި މުޙައްމަދު ޝިހާބު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ 32 މެންބަރުންގެ ވޯޓުންނެވެ.
ގެސް އަހުސް ގެ ނަމުގަ އެއްނުން މިކަ ކުރީ.އާންމުންގެ ބަޔަކު މާޅެ ގަ ގެސްޓުން ބައިތިއްބޭތީ އެމީހުން ގެ ރަށުގަ ވެސް އެކަން ކުރެވެންޖެހޭނެ ކަމަށް ނުބެ ސަރުކާރަށްއެތަށް ސިޓީއެއް އަޅާ އެކަން ކާމިޔާބު ކުރީ. މިކަން ސަރުކަރުގެ އިސް އެވެސް ފަރަތަކުން ނުކުރާތީ ފަހަރަކު މީހަކު ތިމަންންޔޭ އެކިޔަނީ.