ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އިތުރު ރަށްތަކަކާއި ފަޅުތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވައިލީ ނުވަ އަތޮޅަކުން ޓޫރިޒަމްގެ 15 މަޝްރޫޢުއެކެވެ.
ދޫކުރަން ނިންމާފައިވާ ރަށްރަށާއި ފަޅުތައް:
ހއ.އަލިދުއްފަރު
ހއ.މެދަފުށި
ހދ.ކުޑަފަރު ފަސްގަނޑު
ރ.އެއްތިގިލި އަދި އަލިފުށީ ފަޅުން 10 ހެކްޓަރު ހިއްކުން
ކ.ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް
މ.ބޯހުރާ
ފ.ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް 1
ފ.ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް 2
ތ.އޮޅުފުށި (އޮޅުފުށި ފިނޮޅަކާއެކު)
ގއ.ބޭރަމައުއްޑޫ
ގއ.ފުނަދޫވިލިގިއްލާ
ގދ.ހާދުއާ
ގދ.ކަޅެހުއްޓާ
ގދ.ފެރޭތަ ވިލިނގިލި ކައިރީގައިވާ އެހެން ތިން ރަށަކާއެކު: ގދ.ދެކާނބާ, ގދ.ކޮޑެރަޓާ, އިތުރު ރަށެއް
ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 05 މާރިޗް 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ, އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދޭ ކަމުގައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 05 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަސް އަދި 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑި:
28 މާޗު: ހއ, ހދ, ރ, ކ ގެ ރަށްތަކަށް
29 މާޗު: މ, ފ, ތ ގެ ރަށްތަކަށް
30 މާޗު: ގއ, ގދގެ ރަށްތަކަށް
މިނިސްޓްރީން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައެވެ.