ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވަނީ މެންދަމު 01:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.