”ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް“ ކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެެއެވެ.
ދުންޔާ މިހެން ވިދާޅުވީ ނަޝީދަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނަޝީދަށް ފާޑުވިދާޅުވެ ދުންޔާ ޓުވީޓު ކުރެއްވި ސަބަބެއް ސާފެއް ނޫނެވެ.
ވިދާޅުވީ ސިޔާސީ މަގާމު އުފައްދައިގެން މީހުންގެ ތާއީދު ހޯދަން ފެށްޓެވީ 2009 ގައި ރައީސް ނަޝީދު ކަމަށެވެ. އަދި ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް ކަމަށާއި ހަރުގޭގައި ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެނގުނަކަސް ސަރުކާރެއް ނުހިންގޭނެ ކަމަށެވެ.
އެމްއެންޕީގެ ނައިބު ރައީސް ދުންޔާ އިތުރަށް ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއް ހިންގާނީ ޕްރޮފެޝަނަލް މީހުން ކަމަށެވެ.