ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ރިބަން ކަނޑަންވެއްޖެނަމަ ދައުރުގެ ބާކީ އޮތް ދުވަސްތައް ހަމައެކަނި އެކަމަށް ހުސްކުރައްވަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީކުރި ބަނދަރުތަކުގެ ވާހަކަ ދައްކަންވެއްޖެނަމަ އެކަމަށް ވެސް ބައިގަޑިއިރު ހޭދަވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ މި ސަރުކާރުގެ މިހާތަނަށް އައިއިރު ކޮށް ނިންމާފައި ހުރި ކަންތައްތައް ހުޅުވަންޖެހޭނަމަ, ރިބަން ކަނޑަންޖެހޭނަމަ ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަން ޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތް ނިމިފައި އެބަހުރި. މަސައްކަތް ކުރެވެމުން އެބަދޭ.“
ރައީސް ވިދާޅުވީ މި އަހަރުގެ އޮގަސްޓުމަހާ ހިސާބަށްދާއިރު މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހުންނާނީ ނިމިފައި ކަމަށެވެ. އަދި ރިބަން ކަނޑަން ވަގުތު ހޭދަކުރާނަމަ ދެން އެހެންކަމެއް ކުރަން ވަގުތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
90 ޕަސެންޓު މަޝްރޫޢު ތަކަކީ ރ ޔާމީންގެ
މަސައްކަތްޕުޅު ރިބަން ކަނޑަނީ މި ސަރުކާރުން ފެށި މަޝްރޫޢު ތަކެއްނޫން.