އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނަޝީދަށް މަރުހަބާ ދެންނެވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި ނަޝީދުގެ ސަޕޯޓަރުންނެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސަޢީދާއި ޑރ.މުޙައްމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި އައްޑޫގެ އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ހާލަތު ބައްލަވައިލައްވާނެއެވެ.
މި ދަތުރުފުޅަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.