އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކ.ގުރައިދޫގެ ވޯޓުލާ މަރުކަޒު ބަދަލުވެފައިވާކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީން ބުނީ ރިޔާސީ ޕްރައިމަރީގެ ކ. ގުރައިދޫގެ ވޯޓުލާ މަރުކަޒު ބަދަލުވެފައިވާ ކަމަށާއި, ވޯޓުލުން ކުރިއަށްދާނީ ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
57,255 މީހުންނަށް ވޯޓުލެވޭ މި އިންތިޚާބުގައި ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާނެއެވެ. އެމްޑީޕީން މިހާރު ވަނީ ވޯޓުލާ ފޮށިތައް ވައިބާއާއި ޓެލެގްރާމް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.