ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ސާދަ ވަނަބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޖެނުއަރީ 23, 2023
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ސާދަވަނަ ބައި

މަރީ ވާހަކަ ދައްކަން ފެށީއްސުރެ ރިހާން އައީ ނޫނެކޭ ބުނެ ބޯ ހޫރަމުންނެވެ.

”ކީއްވެ ނުދާން ތި އުޅެނީ! ރިހާން…ތިހެން އެކަނި މާއެކަނި މި ކޮޓަރީގަ ތިހެން އޮންނައިރު ކިހާ ދެރައެއް ވާނެ!…. ކުޑާއްތަގެ ބަސް އަހާބަލަ!“

”ކުޑާއްތާ! މުސްކާން ވެސް ކިހާ އެކަނިވެރިވާނެ އަހަރެން ގޮއްސިއްޔާ! އެހެންނޫނަސް މަންމަ އަހަރެން ބަލަން ހަވާލުކުރީ މުސްކާން އާ! މުސްކާން އަހަންނަށް ވަރަށް ރަނގަޅު!“

ޖޫސްތަށިތައް ތަބަކެއްގައި ބަހައްޓައިގެން އައިސް ކޮޓަރީގެ ދޮރުމަތީ ހުއްޓުނު މުސްކާންއަށް ރިހާންގެ އަޑު ކިތަންމެ ރަނގަޅަކަށް  ވެސް އިވުނެވެ. އަދި ރިހާން މުސްކާންގެ ރަނގަޅު ވާހަކަ ބުނުމުން އެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ވެސް ލިބިގެން ދިޔައެވެ.

”ކުޑާއްތާ، ޖޫސް!“ މުސްކާން ޖޫސްތަބައް މަރީއާ ކައިރިކޮށްލަމުން ބުންޏެވެ. އޭނާ އެންމެ ފުރަތަމަ ނެގި ޖޫސްތަށި ރިހާންގެ އަތަށް ދިނެވެ.  ޖޫށްތަށި އަތުގައި ޖެހުމުން ވެސް ރިހާން ޖޫސް ބޯކަށް ނޫޅުނެވެ. މަރީ ދެފަހަރަކު ޖޫސްފޮދެއް ބޯލާށޭ ބުނުމުން ޖޫސްތަށި އަނގަޔާ ކައިރިކޮށްލިއެވެ. އެހެންނަމަވެސް ހަމަ އެސިކުނތުގައި އަލުން ދުރަށް ޖައްސާލަމުން ބުނީ މުސްކާން ވެސް އުންމީދު ނުކުރާ ވާހަކައެކެވެ.

”މުސްކާން، ޖޫސްފޮދެއް ބުއިންތަ!“ ރިހާންގެ އަޑު އިވުމުން މުސްކާންއަށް ލިބުނު ހައިރާންކަމުގައި ބަލައިލެވުނީ މަރީގެ މޫނަށެވެ. އެވަގުތު އެދެ މީހުންގެ ލޮލުގެ އިޝާރަތަކަށްފަހު މުސްކާން ވާހަކަ ދެއްކިއެވެ.

”ބޮއެފިން! ރިހާން ވެސް ތި ޖޫސްފޮދު ބޯލާ!“ ރިހާންއަށްޓަކައި މުސްކާން އެ ދޮގުވެސް ހަދަން ޖެހުނީއެވެ. އެއީ އެންމެ ދޮގެކެވެ. ރިހާންގެ އުފަލަށްޓަކައި އެފަދަ ހާސް ދޮގު ވެސް މުސްކާންއަށް ހެދުން އުދަނގުލެއް ނުވާނެއެވެ.

މުސްކާންއަށް ފެނުނީ ރިހާން ޖޫސްތަށި ތުނބުގައި ޖެއްސިތަނެވެ. އަދި އެއް ނޭވާއިން އެތަށި ހުސް ވެސްކޮށްލިތަނެވެ. އެވަގުތު ކައިރިއަށް ޖެހިލާ މުސްކާން އެ ތަށި އަތުލިިއެވެ. އަދި މަރީއާ ދިމާލަށް އެނބުރި ބުންޏެވެ.

”ކުޑާއްތާމެން ވެސް ޖޫސް ބޯންވީނު!“ އެންމެންނާ މެދު ވެސް މުސްކާން ގެންގުޅެނީ ގާތްކަމެވެ. އަބަދުވެސް އެ މޫނުމަތިން ފެންނާނީ ހިނިތުންވުމެވެ.

މަރީމެން އެރޭ އެގޭގައި އެތައް ގަޑިއިރަކަށް މަޑުކުރިއެވެ. ކިތަންމެ ކުޑަކޮށް ކެޔަސް އެމީހުން ކެއީ ވެސް އެގެއިންނެވެ. އެހެންނޫނީ ރިހާން އަނގަޔަށް އެއްޗެއް ނުލާނެކަން މަރީއަށް އެނގެނީކަންނޭގެއެވެ. ނޫނީ މުސްކާންއަށް އެކަން ނުކުރެވޭނެހެން ހީވަނީއެވެ. އެމީހުން އެގޭގައި އެހޭދަ ކުރި ވަގުތުތަކުގައި އެތައް ފަހަރަކު އައިންތުއަށް ގުޅިއެވެ. އަދި ހައިދަރަށް ވެސް ގުޅިއެވެ. އެ ދެމައިންނަށް އެތައް ހިތްވަރެއްދީ ވިސްނައިދީ ހެދިއެވެ. އަދި ކަންކަން ކުރަންވީ ގޮތާ ގުޅަންޖެހޭ ފަރާތްތައް ވެސް ކިޔައިދީ ހެދިއެވެ. ޚުދު މުސްކާން ވެސް މަންމައަށް ދެފަހަރަކު ގުޅައި ފާރޫގުބެގެ ކަށުކަމާކެމީގެ ކަންތައް ދާގޮތާ ބެހޭގޮތުން އަހާ ސާފުކުރިއެވެ.

އައިންތު ކޮއްކޮމެން ދިއުމުން އެގޭގައި އަނެއްކާ ވެސް މުސްކާންއާ ރިހާން އެކަނިވީއެވެ. ޚިޔާލުތަކާ ފިކުރުތައް އައިސް އެމީހުން ވަށާލިއެވެ. ބައްޕަގެ ހަނދާންތަކުން އަލުން ރިހާން ރޮއްވައިލިއެވެ. އެހެންނަމަވެސް ރިހާން ކެތްކުރެވޭތޯ ބެލިއެވެ. މުސްކާންގެ ހުރިހާ ވަގުތެއް ދެންވެސް ހުސްކުރީ ރިހާންއަށެވެ. އޭރު މުސްކާން ވެސް ހުރީ ވަރުބަލިވެގެން އޮށޯވެލަން ވެސް ނުލާހިކު ބޭނުންވެފައެވެ. ބޮލުގައި  ވެސް އެހާ ވަރަށް އެބަ ރިއްސައެވެ. ރިހާން ކައިރިއަށް ގޮސް ނިދާލެވޭތޯ ބަލާބަލާށޭ ވެސް މުސްކާން އެތައް ފަހަރަކު ބުންޏެވެ.

”މުސްކާން އަހަރެން އެކަނި ކޮށްލާފަ ނުދާނަން ދޯ!“ ރިހާން ބުނި އެއްޗަކަށް މުސްކާން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

”އާދޭ މިރޭ މި ކޮޓަރިއަށް….. އަހަރެން އޮންނާނަން ޓައިލްސް މަތީ. …. މުސްކާން އޮށޯވޭ އެނދުގަ!“ ރިހާން އެދޭގޮތް ހާމަ ކުރުމުން މުސްކާން ހުރީ ބުނާނެ އެއްޗެއް ދޭނެ ޖަވާބެއް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްގެން އިރުކޮޅެއް ވަންދެން ރިހާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

”ރިހާން…… އެހެން ކަމަކު ނުދާނެ…. މުސްކާން ކިހިނެއް ރިހާންގެ ކޮޓަރީގަ ނިދާނީ!… މުސްކާން އޮންނާނަން ސިޓިންގރޫމު ސޯފާގަ….. ރިހާން ކޮޓަރީގެ ދޮރު ނުލައްޕާ އޮށޯވޭ!…. އޭރުން ރިހާން ގޮވައިލިޔަސް އަހަންނަށް އަޑު އިވޭނެނު.!“ މުސްކާން އެ ދެއްކީ ރަނގަޅު ވާހަކައެކެވެ. އެހެންކަމުން ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު އަނގައިން ބަހެއް ނުބުނެ ރިހާން އޮށޯވެލިއެވެ. ދެން ވެސް އެތާ މުސްކާން އިރުކޮޅަކު އިނެވެ. އެ ހަމަ ހިމޭން ދުނިޔޭގައި ދިރިއުޅުން ވެއަތިކުރަމުންދާ އެކަނިވެރި އިންސާނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ހުއްޓި ހިމޭންވަންދެވެ. އެ ހިސާބުން މުސްކާން ނިކުތީ ސިޓިން ރޫމަށެވެ. އަދި ފޯނުގައި އޮތް ހައިދަރުގެ ނަމްބަރަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ވައިބަރއިން ހައިދަރަށް ގުޅައިލިއެވެ. އެއީ ހައިދަރު އިންޑިއާއަށް ގޮސް ދެ ފަހަރަކު ވައިބަރ އިން ގުޅީމާވެސް ނުގުޅާ ހުރެފައި މުސްކާން ގުޅި ފުރަތަމަ ފަހަރެވެ. އެމީހުންގެ ބޯހިޔާވަހިކަމުގައި އުޅެމުންދާ މީހަކު އެމީހުންނަށް ދިމާވެފައިވާ މިފަދަ ހިތްދަތި ވަގުތު އެމީހުންގެ ހިތާމާގައި ބައިވެރިވުން އެއީ އިންސާނިއްޔަތުކަން ހުރި ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި މުސްކާން ދުށްޓެވެ. އެހެންވެ ގުޅީއެވެ.

ހައިދަރު ފޯނުނެގީ ދެ ފަހަރަކު މުސްކާން ގުޅުމުންނެވެ. ފޯނު ނެގުމަށްފަހު ހައިދަރު ވެސް ރޮނީކަން މުސްކާންއަށް އެނގެއެވެ. އެހެންނަމަވެސް މުސްކާންއަށް އެނގޭ މިންވަރުން ހައިދަރަށް ވެސް ހިތްވަރުދީފައި މަންމަ ކޮބައިތޯ އެހިއެވެ. މަންމަގެ ހާލަތާބެހޭގޮތުން ވެސް އެހިއެވެ. ޖަނާޒާގެ ކަންކަން ނިމެން އަދި ދެތިންގަޑިއިރު ނަގާނެ ކަމަށް ހައިދަރު ބުންޏެވެ. އެހިސާބުން މުސްކާން ފޯނު ކުރުކޮށްލިއެވެ. އަދި ސޯފާގައި ބުރަކަށި ޖައްސާލައި އެއް އަރިއަކަށް އޮށޯތުމުގެ ކުރިން އަނެއްކާވެސް ރިހާން ކޮބައިތޯ ބަލައިލިއެވެ.

ދުނިޔޭގެ ހިނގުމަކަށް ހުއްޓުމެއް ނާދެއެވެ. އެއްބަޔަކަށް އުފާވެރިކަން، އަނެއްބަޔަކަށް ހިތާމަވެރިކަން ގެނެސްދެމުން ދުނިޔެ އޭގެ ވާޖިބު އަދާކުރަމުން ދެއެވެ. އިއްޔެ ނިޔާވި މީހުންމަތިން މިއަދު ހަނދާން ނެތެމުން ހިތާމަތަކުން އަރައިގަންނަމުން ކޮންމެ މީހަކުވެސް ހުއްޓިހުރި ފިޔަވަޅަށް ޚިޔާލާ ފިކުރު ދޫކޮށްގެން ތިއްބެވެ. ފާރޫގުބެ ނިޔާވިތާ ތިންވަނައަށް ވީދުވަހު މުސްކާންގެ މައިންބަފައިންނާ އައިންތުއާ އަދި ހައިދަރު ވެސް ރާއްޖެއަތުވެއްޖެއެވެ. މުސްކާންގެ މައިންބަފައިން ވެސް ރަށަށްދާން ދެ ދުވަސްވަރު އޮތުމުން އައީ އައިންތުގެ އެއދުމަކަށް އެ ގެއަށެވެ. މުސްކާންގެ ކޮޓަރި އެމީހުންނަށް ދިނުމަށްފަހު އައިންތުގެ އެދުމަށް މުސްކާން ބެހެއްޓީ އައިންތު ގާތު އެ ކޮޓަރީގައެވެ.

މުސްކާން އެދޭގޮތަކަށް އެކަން ނުވިޔަސް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި މުސްކާން ވެސް ގަބޫލުކުރިއެވެ. ފިރިމީހާ ނިޔައު ވުމުން އައިންތު ވެސް ކިހާ އެކަނިވެރިވާނެކަން މުސްކާންއަށް އިހުސާސްކުރެވެއެވެ. އެކަމަކު ކަންކަން ހަމައަކަށް އެޅުމުން މަންމަމެން ފުރީމާ މުސްކާން އޭނަ ހުރި ކޮޓަރިއަށް ބަދަލުވާނީއެވެ. އެ ޚިޔާލު އައުމުން ދެން ހިތުގެ ކަނެއްގައި ކޮއްޓައިލީ އެހެން ކަމެކެވެ. އޭރުން…. އޭރުން އަނެއްކާވެސް ރިހާން ފެންނަ މިންވަރު މަދުވާނެއެވެ. ދެމީހުންނަށް ވާހަކަ ދައްކާލަން ލިބޭ ވަގުތު ވެސް މަދުވާނެއެވެ. އަނގައިން ބުނެ ނުލެވުނަސް ރިހާން ފެންނަ ކޮންމެ ފަހަރަކު އެ ހިތަށް ލިބޭ ފިނިކަން، ލުއި ލުއި އަރާމުކަން….. މުސްކާންއަށް ތެޅިގަނެވުނެވެ. ރިހާންއާމެދު މި ގޮތަށް ވިސްނަމުން ގޮސް ރިހާންއާ ދުރަށް ނުދެވޭވަރުވެއްޖެއްޔާ ދެން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ. އޭރުން ދުރުމީހުންނާ ގާތްމީހުންނާ އަދި މައިން ބަފައިންގެ ވެސް މަލާމާތާ ނުރުހުން މުސްކާން އަށް އަމާޒެއް ނުވާނެހެއްޔެވެ! މުސްކާންއަށް މޭގައި ފިރުމައިލެވުނެވެ. ރިހާންގެ އޮތީ ކޮން ކުށެއް ހެއްޔެވެ. ނުކުރާ ކުށެއްގެ އަދަބު ރިހާންއަށް ޙައްގުވަނީ ކީއްވެހެއްޔެވެ! އޭ ދުނިޔެއާއެވެ. މިއީ ކޮންކަހަލަ އިންސާފެއްހެއްޔެވެ! ދެލޯ މަރައިލުމަށްފަހު މުސްކާންއަށް ފުން ފުން ދެތިން ނޭވާ ބޭރުކޮށްލެވުނެވެ.

ރަށަށް ފުރާ ބޯޓް ފުރަން ހަމަޖެހިފައިވާ ދުވަހު މުސްކާންގެ މަންމައާ ބައްޕަ ފުރައިގެން ރަށަށް ދިޔައީއެވެ. ކުރިއާ އަޅާ ބަލާއިރު މުސްކާންގެ ބައްޕައަށް މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. އެކަމާ މުސްކާންގެ އޮތް ނުތަނަވަސްކަން ފިލާ މިހާރު ހުންނަނީ އުފަލުންނެވެ.

މަންމަމެން ފުރައިގެން ދިއުމުން ވެސް އައިންތު އެދުނީ މުސްކާން ދެން ތިރީކޮޓަރިއަށް ބަދަލުނުވެ އެކޮޓަރީގައި ހުރުމަށެވެ. އެކޮޓަރިއަށް މުސްކާން ގޮއްސިއްޔާ އައިންތު ވަރަށް އެކަނިވެރިވާނެކަމަށާ ކަންކަމާމެދު ވިސްނާ ފިކުރުހިންގަން ޖެހިއްޖިއްޔާ ބަލިވެދާނެކަމަށް އައިންތު ބުނުމުން މުސްކާން ނިންމައިގެން ހުރި ގޮތަށް ތިރީކޮޓަރިއަށް ބަދަލުވާކަށް ނުކެރުނެވެ.

ކޮލެޖްގެ ކިޔެވުން ފެށުމުން މުސްކާން ވެސް ކިޔެވުމާ ބިޒީވީއެވެ. އަދި އޮފީހަށް ދަމުން ކިޔެވުން ކުރިއަށް ގެންދަން ޖެހުނީމާ ލިބޭ އެއްވެސް ހުސްވަގުތެއް ނެތެވެ. ރިހާން ނުފެންނަވަރުން އެ ދެމެދުގައި އުފެދިފައިވާ ގާތްކަން ދުރުވަމުންދާހެން ވެސް މުސްކާންއަށް ހީވެއެވެ. އެމީހުން ކާ މޭޒުދޮށުން ވެސް ދިމާވަނީ ހަމައެކަނި ރޭގަނޑުއެވެ. އެވެސް ބައެއް ރޭރެއެވެ. އެފަދަ ރޭރޭ ރިހާންގެ މޫނުމަތިން ކުރިން ފެންނަމުން އައި އުޖާލާކަމާ ތާޒާކަން ކެނޑިފައިވާކަމަށް މުސްކާންއަށް ހީވެއެވެ. އެހެން ދިމާވާ ރޭރޭ ވެސް ހިތް ފުރޭވަރަށް އެ މޫނަށް ބަލާލާކަށް ވެސް މުސްކާން އަކަށް ނުކެރެއެވެ. ކުރިމަތީ ހައިދަރު އިންނާތީ އެވެ. އަދި އަމުދުން ހައިދަރު ވާހަކަދައްކާއިރު އެ ވާހަކާގައި މުސްކާން ބައިވެރި ނުވަންޏާ ވެސް ހައިދަރު ކޮންމެވެސް އެއް ގޮތަކުން މުސްކާން ބައިވެރިކުރުވައެވެ. ސުވާލުކުރެއެވެ. މުސްކާންގެ ޚިޔާލު އަހައެވެ. ގިނަފަހަރަށް މުސްކާން ވެސް ބޭނުން ވަނީ ހަމަހިމޭންކަމާއެކު ކައި ނިންމާލުމަށެވެ. އެކަމަކު އެހެން އެކަން ނުވަނީ ހައިދަރުގެ ސަބަބުންނެވެ.

މުސްކާންއަށް ނޭނގޭކަމަކީ ހައިދަރާ މުސްކާން ދައްކާ ވާހަކަ އަޑުއަހަން އިންނަން ބޭނުން ނުވާ މީހަކު އެތާ އިންނަކަމެވެ. އެ ދެ މީހުންގެ ވާހަކަ އަޑުއިވުމުން ހިތަށް ވާތަދާ ހިތުގައި ރިހޭވަރު މުސްކާންއަށް އެނގޭނެ ނަމައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެއީ މަޖުބޫރު އިންސާނެކެވެ.

އަނެއްކާވެސް ހުކުރު ވިލޭރެއެކެވެ. އެރޭ މުސްކާން ނިދަން އޮށޯތީ ފަތިހުތެދުވެފައި ދެން އިތުރަށް ނުނިދުމަށެވެ. ކޮންމެ ގޮތެއް ހަދާފަވެސް ރިހާންއާ އެކު ވަގުތުކޮޅެއް ހޭދަކުރަން ވަގުތުކޮޅެއް ލިބޭތޯ ބެލުމަށެވެ. އެހެންވެ ފޯން އެލާމް ކޮށްލުމަށްފަހު ނިދަން އަރާ އޮށޯތެވެ. ދެލޯ މަރާލައިގެން އޮތަސް ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތަށް ސިފަވަމުން އައީ ރިހާންގެ މަޑުމަތިރި މިޒާޖު އިތުރަށް ހިމޭން ވެފައިވާ ތަނެވެ. އެ މޫނުމަތިން ފެންނަމުން އައި ތާޒާކަން ކެނޑި މީހާގެ ރޫޙު މަރުވެފައިވާތަނެވެ. ރިހާން ކޮންމެވެސް ކަމަކާ ފިކުރުކުރަނީއެވެ. މުސްކާންއަށް ޔަގީނެވެ. ރިހާން ކޮންމެވެސް ހިތާމައެއް އެބަ ކުރެއެވެ. އަދިވެސް …. މިހާދުވަސްވީއިރު ވެސް ބައްޕަގެ ހަނދާންތަކުން  ރިހާން ސަލާމަތް ނުވަނީހެއްޔެވެ! އެހެންކަމަށްވަންޏާ ރިހާން ޑޮކްޓަރަކަށް ދައްކަން ޖެހޭނެއެވެ. ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން މިރޭ ފަތިހު މުސްކާން، ރިހާން ގާތު އަހާނެއެވެ.

ދެ އަތަށް ފުރޮޅި ފުރޮޅި އެތައް އިރެއްވީއިރުވެސް މުސްކާންގެ ލޮލަކަށް ނިންޖެއް ނައެވެ. ނިދި ވަނީ މިރޭ މުސްކާންއާ އެތައް ހިސާބެއްގެ ދުރުގައިހެން މުސްކާންއަށް ހީވެއެވެ.

ކޮޓަރީގެ ފާރުގައި ހުރި ގަޑިން ބާރަޖެހިތަން ފެނުމުން މުސްކާން މަޑުމަޑުން ތެދުވެއްޖެއެވެ. ކުރިމަތިވާގޮތަށް ހުރި ކްއީން ސައިޒް އެނދުގައި ހަމަ ޖެހިލައިގެން ނިދާފައި އޮތް އައިންތުއަށް މުސްކާން ބަލައިލީ ލޯބިވެތި ގޮތަކަށެވެ. އެއީ ހިތްހެޔޮ އޯގާތެރި އެހީތެރި އަންހެނެކެވެ.

މަޑުމަޑުން އެނދުގެ މަގަތުގައި އިށީނދެ އަދިވެސް އެއްފަހަރު އައިންތުއަށް ބަލައިލިއެވެ. ދެން މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. ހަމަ އެހާ މަޑުމަޑުން ގޮސް އައިސްއަލަމާރީގެ ދޮރުފަތް ހުޅުވައިލި ވަގުތު އެހެންކޮޓަރިއެއް ހުޅުވައިލި އަޑު މުސްކާން އަށް އިވުނެވެ.

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ފަނަރަވަނަ ބައި

ޖެނުއަރީ 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭރަވަނަ ބައި

ޖެނުއަރީ 14, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާރަވަނަ ބައި

ޖެނުއަރީ 8, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – އެގާރަވަނަ ބައި

ޖެނުއަރީ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In