މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކ.އަތޮޅަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު މިހާރު ވަނީ ގުރައިދުއަށް ވަޑައިގެންފައެވެ.
ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކާށިދޫއަށެވެ.
މި ދެ ރަށުގައި ވެސް އެ މަނިކުފާނު ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ.
މީގެއިތުރުން އެ މަނިކުފާނު މިއަދު އއ.ތޮއްޑުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިޙް ކ.އަތޮޅަށް ވަޑައިގެންފައިވާއިރު, އެ މަނިކުފާނުގެ ކެމްޕޭން ޓީމުތައް ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ކެމްޕޭން ކުރަމުންނެވެ.
ރައީސް އެންމެ ފަހުން ވަޑައިގަތީ ފުވައްމުލަކަށާއި ހުވަދު އަތޮޅަށެވެ.