އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމެރިކާގެ ރައީސްގެ ގެއިން ސިއްރު ލިޔެކިޔުންތަކެއް ފެނިއްޖެ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 23, 2023
ދުނިޔެ
0
އެމެރިކާގެ ރައީސްގެ ގެއިން ސިއްރު ލިޔެކިޔުންތަކެއް ފެނިއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ގެއިން ސިއްރު ލިޔެކިޔުންތަކެއް ހޯދައިފިއެވެ. ޑެލަވެއަރގައި ހުންނަ ބައިޑަންގެ ގެ ބަލައިފާސްކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުންނެވެ.

އެ ކަން ކޮށްފައި ވަނީ ވައިޓް ހައުސްގެ ހުއްދައާ އެކުގައެވެ. ބައިޑަންގެ ގެކޮޅުން ސިއްރު ހަ ލިޔުމެއް ފެނިފައިވާ ކަމުގައި ބައިޑަންގެ ޤާނޫނީ ވަކީލު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއީ، 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ބައިޑަންގެ ސަރުކާރަށް ލިބުނު ލަދުވެތިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އިންތިޚާބުގައި ވާދަކުރައްވާނެ ކަން ބައިޑަން އަދި އިޢުލާނުކުރައްވާފައި ނުވި ނަމަވެސް، އޭނާ ގެންދަވަނީ އެ ކަމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

ނަމަވެސް، މިއީ އެހާ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބައިޑަން ޤަބޫލުފުޅެއް ނުކުރައްވައެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ ލިޔެކިޔުންތަކަކީ، އޮޅުމަކުން އޭނާގެ ގެކޮޅުގައި ފައިލް ކުރެވިފައިވާ ލިޔެކިޔުންތަކެއް ކަމުގައެވެ. އަދި، ގަސްދުގައި އެ ފަދަ އަމަލެއް ނުކުރައްވާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

2022 ވަނަ އަހަރު ވެސް، ވޮޝިންގްޓަންގައި ހުންނަ ބައިޑަންއާ ގުޅުން އޮންނަ ތިންކް ޓޭންކެއްގެ އޮފީހުން ސިއްރު ލިޔެކިޔުންތަކެއް ފެނިފައިވެއެވެ. އެ ލިޔެކިޔުންތަކަކީ، އޭނާ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިރުގެ ލިޔެކިޔުންތަކެކެވެ. އަދި، ޑެލަވެއާގައި ހުންނަ ގެކޮޅުން ވެސް ކުރިން މި ފަދަ ލިޔެކިޔުންތަކެއް ފެނިފައިވެއެވެ. މީގެ އިތުރުން، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރުގެ ލިޔެކިޔުންތަކެއް ވެސް ފެނިފައިވެއެވެ.

ޑެލަވެއާގައި ހުންނަ ބައިޑަންގެ ގެކޮޅު ބަލައިފާސްކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ވައިޓް ހައުސްއިން ހުއްދަ ދީފައި ވަނީ، އެ ތަނުން އިތުރު ލިޔެކިޔުންތަކެއް ފެނުމާ ގުޅިގެންނެވެ. ބާރަ ގަޑިއިރަށް ދެމިގެންދިޔަ ބަލައިފާސްކުރުމުން ސިއްރު ހަ ލިޔުމެއް ފެނިފައިވާ ކަމަށާއި، އެ ތަކެތި ޖަސްޓިސް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމުގައި ބައިޑަންގެ ޤާނޫނީ ވަކީލު ބޮބް ބައުއަރ ވިދާޅުވިއެވެ.

ތިންކް ޓޭންކުގެ އޮފީހާއި ބައިޑަންގެ ގެކޮޅުން މީގެ ކުރިން ފެނިފައިވާ ލިޔެކިޔުންތައް މިހާރު ވަނީ އެމެރިކާގެ ނޭޝަނަލް އާކައިވްސްއާ ހަވާލުކޮށް، ފައިލްކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ، އޭނާގެ ޤާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުން އަމަލު ކުރައްވަމުން ގެންދަވާ ކަމަށާއި، އެމެރިކާގެ ރައްޔިތުން ހާސްވެ، ކަންބޮޑުވާން ޖެހޭ ފަދަ އަމަލެއް އޭނާ ކުރައްވާފައި ނުވާނެ ކަމުގައެވެ.

ބައިޑަންގެ ގެކޮޅުން ސިއްރު ލިޔެކިޔުންތަކެއް ފެނުނު މައްސަލަ ތަޙުޤީޤު ކުރުމަށް އެޓަރނީ ޖެނެރަލް މެރިކް ގާލެންޑްގެ އޮފީހުން ވަނީ މަސައްކަތް ފަށާފައެވެ. މިއީ، ވެރިކަމުގައި ހުންނެވި ރައީސެއްގެ ގެކޮޅުން މިފަދަ ލިޔެކިޔުންތަކެއް ފެނި، އެ މައްސަލަ ތަހުޤީޤު ކުރާ ފުރަތަމަ ފަހަރެވެ. މި ކަމާ ގުޅިގެން ބައިޑަންގެ ސަރުކާރުގެ ތެދުވެރިކަމާ މެދު، އޭނާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިރިއުޅުއްވާ ރިސޯޓުން ވެސް ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ވަނީ ހޯދާފައެވެ. އޭނާގެ ރިސޯޓުން 700 އަށްވުރެ ގިނަ ޞަފުހާގެ ލިޔެކިޔުންތައް ފެނިފައިވާއިރު، އެ މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. އެ ލިޔެކިޔުންތަކަކީ، ވެރިކަމުގެ ދައުރު ހަމަވުމުން ވައިޓް ހައުސްއިން ނިކުމެ ވަޑައިގަތުމުގެ ކުރިން ޓްރަމްޕް އަމިއްލާ ގެކޮޅަށް ގެންދަވާފައިވާ ލިޔެކިޔުންތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ޖޫން 6, 2023
ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ޖޫން 6, 2023
ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ޖޫން 6, 2023
”ރިޔާދު އެއާރ“ގެ ނަމުގައި އަލަށް ފަށާ އައު ގައުމީ އެއާރލައިންގެ މަތިންދާ ބޯޓުގެ ފަރުމާ ދައްކާލައިފި

”ރިޔާދު އެއާރ“ގެ ނަމުގައި އަލަށް ފަށާ އައު ގައުމީ އެއާރލައިންގެ މަތިންދާ ބޯޓުގެ ފަރުމާ ދައްކާލައިފި

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In