އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނުމަށް ކުރީގެ ފިލްމީ ތަރި މަރްޔަމް ނިޝާ އޭނާގެ ސަޕޯޓަރުންނަށް ގޮވާލައިފިއެވެ.
އެފްޑީސީ ފްލެޓެއްގެ ތެރޭގައި ހުރެ ވާހަކަ ދައްކަމުން ނިޝާ ބުނީ ފުލެޓުތައް ވަރަށް ސަޅި ކަމަށާއި އެ ތަންތަން ހަދާފައި ހުރީ ހީވެސްނުކުރާހައި ފުރިހަމައަށް ކަމުގައެވެ.
”ކޮންފަދަ ނަލަ ފެންވަރުގަ މި އޮތީ [ފުލެޓްތައް]. އިބޫ ސޯލިހަށް ވޯޓު ދެއްވާތި އެންމެ ބޭފުޅުން. އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުން. އަޅުގަނޑަށް ސަޕޯޓުކުރައްވަންޏާ އިބޫ ސޯލިހު ނަންބަރު ދެއެއް ކެންޑިޑޭޓް.“ ދާދިފަހުން އެމްޑީޕީއާ ގުޅުނު ނިޝާ ބުންޏެވެ.
އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ ގާތްގަނޑަކަށް ދޮޅުމަސްފަހުން އެ ޕާޓީ ދޫކޮށްލައި, ނިޝާ އެމްޑީޕީއަށް ސޮއިކުރީ މިދިޔަ ނޮވެމްބަރު 07 ގައެވެ.
ކަނބުލޮޔައް ސަޕޯޓެއްނުކުރަން އެހެންވީމަ ވެންޓިލޭޓަރު އިބޫއައް ވޯޓިދެވޭކައްނެތް
Emme rangalhuvaanee ibooah dhinumah vure Riko moosa ah dhiniyyaa.