އަނބިދަރިންނާ ބެހި ކުރާ ކަންކަމުގެ ސަބަބުން ފަހަތަށް ޖެހިލަފާނެކަމަަށް ހީކުރުމަކީ އޮޅުމެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ވަކި ބޭފުޅަކަށް ޢިޝާރަތް ނުކުރައްވައި މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕެއިން ޖަލްސާއެއްގަ ދެތިން އެއްޗެއް ބުނެލާއިރަށް އަނބިދަރިންނާ ބެހި ފޮޓޯ ހަދައިގެން ”ތިޔަ ޖަހާ ސަކަރާތް“ ވަރަށް ފިނޑި ކަމަށެވެ.
”ތިކަހަލަ ކަމަކުން ފަހަތަށް ޖެހިލަފާނެކަމަަށް ހީކުރުމަކީ އޮޅުމެއް.“
މަހްލޫފް އިތުރަށް ވިދާޅުވީ ހަންބޯވާން ޖެހޭނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ހަޖަމުކުރުމުގެ ބައި ފެންނަނީ ވަރަށް ދަށްކޮށް ކަމުގައެވެ.
ދާދިފަހުން ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ ޢާއިލާއާ މަގުމަތިން ބެހުނު މައްސަލައެއް ވެސް ޖެހިފައެވެ.
އެކަމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ވަނީ އެފަދައިން ކަންކަން ނުކުރުމަށް އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.