ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސްވިޑެންގައި ޤުރުއާން އަންދާލުމުގެ ހާދިސާ: މުސްލިމުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށައިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޖެނުއަރީ 22, 2023
ޚަބަރު
0
ސްވިޑެންގައި ޤުރުއާން އަންދާލުމުގެ ހާދިސާ: މުސްލިމުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށައިފި

ސްވިޑެންގައި ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލައިފިއެވެ.

އެ ނުބައި އަމަލާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ޚާއްޞަކޮށް މުސްލިމު ގައުމުތަކުން އެކަން ކުށްވެރިކޮށް ބަޔާން ނެރެމުން އެބަގެންދެއެވެ. އަދި އެކަމާ ދެކޮޅަށް ބައެއް ގައުމުތަކުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

އެއީ ނަފުރަތުން ފުރިގެންވީ އަމަލެއް ކަމަށް ބުނެ ތުރުކީން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔައި އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ބަލައިގަނެވޭނޭ އަމަލެއް ނޫންކަމަށް ވެސް ތުރުކީން ވަނީ ބުނެފައެވެ. ހަމައެޔާއެކު ޑިޕްލޮމެޓިކް ފެންވަރުގައި ތުރުކީއާއި ސްވިޑެންގެ ކޯޅުން ދަނީ ގޯސްވެ ފުންވަމުންނެވެ.

ތުރުކީން ވަނީ ސްވިޑެންގެ ދިފާއީ ވަޒީރު ޕޯލް ޖޯންސަން ތުރުކީއަށް ކުރައްވާ ދަތުރުފުޅު ކެންސަލްކޮށް، މުޒާހަރާތައް ނިމުމަކަށް ގެނައުމަށް އެދިފައެވެ.

ތުރުކީން ބުނިގޮތުގައި ސްވިޑްންގެ ދިފާއީ ވަޒީރުގެ ދަތުރުފުޅުގެ މުހިންމުކަމާއި މާނަ މިހާރު ގެއްލިއްޖެ އެވެ.

”ތުރުކީއާ އަޅުގަނޑުމެންގެ ގުޅުމަކީ ސްވިޑެންއަށް ވަރަށް މުހިންމު ގުޅުމެއް. އަދި ފަހުން އާންމު ސަލާމަތާއި ދިފާއީ މައްސަލަތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އިންތިޒާރު ކުރަން“ ސްވިޑްންގެ ދިފާއީ ވަޒީރު ކުރެއްވި ޓްވީޓެއްގައިވެއެވެ.

ޤުރުއާން އަންދާލުމުގެ ހާދިސާ

ސްވިޑެން ބޭނުންވަނީ ނޭޓޯގެ އަސްކަރީ އިއްތިހާދާ ގުޅޭށެވެ. އެކަމަކު ނޭޓޯގެ މެމްބަރު ތުރުކީ އެކަމާ ދެކޮޅެވެ.

ނޭޓޯގެ މެންބަރަކަށް ވުމުން، އެހެން ގައުމެއް އެ އިއްތިހާދުގައި ބައިވެރި ކުރުމަށް އިއުތިރާޒުކޮށް އެކަމަށް ހުރަސްއެޅިދާނެ އެވެ. ތުރުކީން އެކަން ކުރުމުން ސްވިޑުންގެ ވެރިރަށް ސްޓޮކްހޯމްގައި ތުރުކީއާ ދެކޮޅަށް ކަނާތުފިޔައިގެ އެކްޓިވިސްޓުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ސްވިޑެން އާއި ފިންލޭންޑުން ނޭޓޯގެ މެމްބަރުކަމަށް ވުމަށް އެދިފައި ވަނީ ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށުނު ފަހުންނެވެ.

މުޒާހަރާތަކުގެ ތެރޭގައި ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ސްޓޯމް ކްރިސް ޕާޓީގެ ލީޑަރު ރަސްމޫސް ޕަލޫދާން ވަނީ ހޮނިހިރު ދުވަހު ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ޤުރުއާނުގެ ކޮޕީއެއްގައި އަލިފާން ރޯކޮށް އަންދާލާފައެވެ.

މިދިޔަ އަހަރު ބޭއްވި މުޒާހަރާތަކެއްގައި ވެސް އޭނާ ވަނީ ކީރިތި ޤުރުއާނުގައި ރޯކޮށް އަންދާލާނެކަމުގެ އިންޒާރު ދީފައެވެ.

ސްވިޑެންގެ ބޮޑުވަޒީރު އަލްފް ކްރިސްޓަސަން ވަނީ އެ އަމަލު ކުށްވެރި ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސީގެ ބައެއް ކަމަށާއި ނަމަވެސް ގާނޫނާ ޚިލާފުކަންކަން ކޮށްގެން ނުވާނޭކަމަށެވެ. އަދި ގިނަ ބަޔަކަށް މާތް މުޤައްދަސް ފޮތެއް އަންދާލުމަކީ ވަރަށް ބޮޑު ގޯހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ސްޓޮކްހޯމްގައި ހިނގި ހާދިސާގެ ސަބަބުން ”އަނިޔާ“ އާއި ހިތާމަ ލިބުނު ހުރިހާ މުސްލިމުންނަށް ހަމްދަރުދީ ފާޅުކުރައްވާކަމަށް ލިއުއްވާފައި ވެއެވެ.

ސްވިޑެންގެ ފޮރިން މިނިސްޓަރު ޓޮބިއަސް ބްލަސްޓްރޮމް ވެސް ވަނީ އެ ހާދިސާއަކީ  ޚިޔާލުފާޅުކުރުމުގެ މިނިވަންކަންކަމާ ނުގުޅޭ ނަފުރަތުގެ އަމަލެއްކަމަށް ސިފަކުރައްވާފައެވެ.

ތުރުކީއާ ދެކޮޅަށް ސްޓޮކްހޯމްގައި ގިނަގުނަ މުޒާހަރާތައް ބާއްވާފައި ވެއެވެ.

މިދިޔަ ހަފްތާގައި ވެސް ސްޓޮކްހޯމްގައި މުޒާހަރާ ކުރި މީހުން ވަނީ ތުރުކީގެ ރައީސް ރައީސް އުރުދުޣާންގެ ސޫރަ ދިއްލައި އެއަށް އެއަށް އިހާނެތިކޮށް ހިތާފައެވެ.

ތުރުކީއާއި ސްވިޑެންއާ ދެމެދު ކޯޅުންގަނޑެއް

މިދިޔަ އަހަރު ތުރުކީން ވަނީ ސްވިޑެން އާއި ފިންލޭންޑު ނޭޓޯގައި ބައިވެރި ކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ސްވިޑެންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރައްވަން ރާއްވަވާފައިވާ ދަތުރުފުޅާ ވިދިގެން ސްވިޑެން ނޭޓޯއާ ގުޅުމަށް ތުރުކީން އާނ ބަސް ބުނާނޭކަމަށް ބެލެވުނެވެ.

ތުރުކީން ބޭނުންވަނީ ސްވިޑެންއިން ހަތިޔާރު އެޅި ކުރުދީ ޖަމާއަތްތަކަށް ޕީކޭކޭ (ކުރުދީ ވޯކަރސް ޕާޓީ) އަށް ތާއީދުކުރުން ހުއްޓާލުމަށެވެ.

ތުރުކީން ބުނާ ގޮތުގައި ސްވިޑެންއިން ވަނީ އެ ޖަމާއަތުގެ ބައެއް މެމްބަރުންނަށް ހިޔާވަހިކަން ދީފަ އެވެ. ނަމަވެސް ސްވިޑެންއިން ތުރުކީގެ އެ ތުހުމަތުތައް ދޮގުކުރެއެވެ.

ވަރަށް ގިނަ މުސްލިމުން ގަބޫލުކުރާ ގޮތުގައި ޔޫރަޕްގައި މުސްލިމުންނާ ދެކޮޅުވެރި ވުމާއި މުސްލިމުންނަށް ނަސްލީ ތަފާތުކުރުން ވަނީ ނުރައްކާތެރި މިންވަރަކަށް މައްޗަށް ގޮސްފައެވެ.

މުސްލިމުން ގަބޫލުކުރާ ގޮތުގައި ޤުރުއާނަކީ މާތް الله ގެ ބަސްފުޅެވެ. އަދި އިސްލާމްދީނުގެ ހުކުމްތައް ލިޔެފައިވާ އެންމެ މާތް ފޮތެވެ. ގަސްތުގައި ޤުރުއާނަށް ގެއްލުން ދިނުމަކީ ނުވަތަ ފުރައްސާރަ ކުރުމަކީ މުސްލިމުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ތުރުކީއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަމަލު އައީ ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހުގައި ކަމަށެވެ. އަދި މުސްލިމުންނަށް އަމާޒުކޮށް ދީނުގެ އަގު މާތް މުޤައްދަސް ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ގެއްލުން ދިނުމަކީ އިސްލާމްދީނާ ދެކޮޅު އަމަލެއްކަމަށާއި އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުން ހުރިކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ތުރުކީން ބުނެފައިވެއެވެ.

ތުރުކީގެ ރައީސާ ދެކޮޅަށް ސްވިޑެންގައި މުޒާހަރާ ކުރަނީ

ތުރުކީގެ ބަޔާނުގައި ބުނެފައިވަނީ ޤުރުއާން އަންދާލުމުގެ ހާދިސާއަކީ ޔޫރަޕްގައި އިސްލާމްދީނާއި ނަސްލީ ތަފާތުކުރުމާއި ތަފާތުކުރުންތައް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާކަމުގެ މިސާލެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ތުރުކީން ވަނީ ”ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް“ އެޅުމަށް ސްވިޑެން ސަރުކާރަށް ގޮވާލާފައެވެ.

ސްވިޑެންއިން ބުނި ގޮތުގައި ކީރިތި ޤުރުއާން އަންދާލައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން 40އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ. 

ގުޅުންހުރި ލިޔުންތައް

އަންހެން ކަބަލުންނަށް އިންސަލްޓްކުރަން މަޖުލީހުގައި ފުރުޞަދު ދީގެން ނުވާނެ، އުސްތާޛް ނިޝާން

ރ.ޞާލިހު މިހާރު އެނައްޓަވަނީ ވެރިކަން ހިމާޔަތްކުރަން ވިއްދާފައިހުރި ލަންކަނިތައް: ނިޝާން

މާރޗް 30, 2023
ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

މާރޗް 29, 2023
އަނަސް މަރާލި މައްސަލައިގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

އޮފީހެއް ފަޅާލައި 700,000 ރުފިޔާ ނެގި މީހާގެ ބަންދަށް 15 ދުވަސް

މާރޗް 29, 2023
އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

މާރޗް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In